Support Us

ރައީސްގެ ދަތުރުފުޅުގައި ކުއްލި ގޮތަކަށް މަޑުއްވަރީ ހިމަނުއްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ށ. އަތޮޅާއި ރ. އަތޮޅުގެ އަށް ރަށަކަށް ފެއްޓެވި ދަތުރުފުޅުގައި ކުރިން ހިމަނައިފައި ނެތް ރ. މަޑުއްވަރީއަށް ޒިޔާރަތް ކުރައްވާ ގޮތަށް ކުއްލި ގޮތަކަށް ހަމަޖައްސަވައިފިއެވެ.

މިދިޔަ އަންގާރަ ދުވަހު ފެއްޓެވި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގަތުމަށް ކުރިން ހަމަޖެހިފައި ހުރި ރަށްތަކަކީ ށ. އަތޮޅުން ފުނަދޫ، ޅައިމަގު، ފޯކައިދޫ، މާއުނގޫދޫ އަދި ރ. އަތޮޅުން ވާދޫ، އަލިފުށި، ރަސްގެތީމު އަދި އޮނގޮޅިތީމެވެ.

ނަމަވެސް ރައީސް އޮފީހުން މިއަދު ހެނދުނު މީޑިއާ އަށް ފޮނުވި ނޯޓެއްގައި ވަނީ "ރައީސްގެ ދަތުރުފުޅުގައި މަޑުއްވަރިއަށް ވެސް ވަޑައިގަންނަވާނެ" ކަމަށެވެ. އިތުރު ތަފްސީލެއް ނެތެވެ.

ކުރިން ހަމަޖެހިފައި އޮތީ އަށް ރަށަށް ޒިޔާރަތް ކުރެއްވުމަށްފަހު ރައީސް މިރޭ މާލެ ވަޑައިގަންނަވާ ގޮތަށެވެ. ނަމަވެސް މަޑުއްވަރީ އަށް ވަޑައިގަންނަވާތީ ދަތުރުފުޅު ހަމަޖެހިފައިވާ ގޮތެއް ރައީސް އޮފީހަކުން ނުބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *