ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅައިފައި ހުންނަވާ ޑިފެންސް އެޑްވައިޒަރުގެ މަޤާމަށް ކާނަލް މުޙައްމަދު އިބްރާހީމް އައްޔަންކުރައްވައިފިއެވެ.
ކާނަލް މުޙައްމަދު އިބްރާހީމް، އިންޑިއާގެ ޑިފެންސް އެޑްވައިޒަރުގެ މަޤާމަށް އައްޔަންކުރައްވައި، މަޤާމުގެ ލިޔުން ހަވާލުކުރެއްވީ ބަންޑާރަކޮށީގައި އިއްޔެ ބޭއްވި ބައްދަލުކުރެއްވުމުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.
ދިވެހިރާއްޖެއިން އިންޑިއާއަށް ކަނޑައަޅައިފައި ހުންނަވާ ޑިފެންސް އެޑްވައިޒަރުގެ މަޤާމުގައި ކުރިން ހުންނެވީ ކާނަލް އަޙްމަދު ތާހިރެވެ.