Support Us

ރައީސުލްޖުމްހޫރިއްޔާ ރ. އަތޮޅު ކައުންސިލާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ރ. އަތޮޅު ކައުންސިލާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި އަތޮޅު ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ޕީސީއާރު ޓެސްޓް ހެދޭނެގޮތްވުމާއި އަތޮޅުގައި ހުރި ފަޅުރަށްރަށުގެ ތެރެއިން އަތޮޅު ކައުންސިލުގެ ބޭނުންތަކަށް ރަށެއް ހަމަޖައްސައިދިނުމާއި އަދި އަތޮޅަށް ސްޕީޑްފެރީގެ ޚިދުމަތް ބޭނުންވާކަމާއި މޮނިޓަރިންގައި އޮންނަ ރަށްރަށުން ހޮސްޕިޓަލަށް ދަތުރުކުރުމުގައި ފަސޭހަގޮތްތަކެއް ހަމަޖެއްސުމާއި ގުޅޭގޮތުންނާއި އަތޮޅުގެ ރަށްރަށުގައި ކުނި މެނޭޖްކުރުމުގެ މައްސަލަތައް ހިމެނެއެވެ. މީގެ އިތުރުން އުނގޫފާރުގެ ބަނދަރު ބޮޑުކުރުމާ ގުޅޭގޮތުންނާއި އެރަށުގައި އިތުރު މަގުތައް ހެދުމާއި އެރަށުގައި ހަދާފައިވާ އިސްލާމީ މަރުކަޒު ނުހުޅުވި ލަސްވާ މައްސަލައާ އަދި އުނގޫފާރުގެ ތަރައްޤީއަށް މުހިންމު އިތުރު ކަންކަމާ ބެހޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި މަޝްރޫއުތަކާ ގުޅޭގޮތުން އެންމެފަހުގެ މަޢޫލޫމާތުތައް ކައުންސިލުގެ މެންބަރުންނާއި ޙިއްޞާކުރެއްވިއެވެ. އަދި ކައުންސިލުގެ މެންބަރުން ފާހަގަކުރެއްވި ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން ޙައްލެއް ހޯއްދަވަން މަސައްކަތްކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *