Support Us

މެޑަމް ފަޒުނާ ފުނަދޫ ފެމިލީ ސެންޓަރަށް ޒިޔާރަތްކުރައްވައިފި

ށ. ފުނަދޫގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ޒިޔާރަތްކުރައްވައި ކުދިންނާއި މުވައްޒަފުންގެ ޙާލަތު ބައްލަވާލައްވައިފިއެވެ.

މި ޒިޔާރަތުގައި އެކަމަނާ ވަނީ، އެ ސެންޓަރުގެ އަމާން ހިޔާގައި ދިރިއުޅޭ ކުދިންނާއި މުވައްޒަފުންނާ ބައްދަލުކޮށްލައްވާ ބޭނުންވާ ކަންތައްތަކާއި ދިމާވާ ގޮންޖެހުންތަކާ ގުޅޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ. މިގޮތުން، މުވައްޒަފުން ވަނީ ތަނަށް ބޭނުންވާ ފަންނީ މުވައްޒަފުން ލިބުމުގައި ހުރި ދަތިކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނަށް މުޖުތަމަޢުގެ އެންމެން ގުޅިގެން އަޅާލައި އޯގާތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަން ފާހަގަކުރައްވާ އެ ސެންޓަރުގެ މުވައްޒަފުން އެ ކުދިން ބެލުމުގައި ކުރައްވަމުންދާ ބުރަ މަސައްކަތް ފާހަގަކުރައްވާ ޝުކުރުއަދާކުރައްވާފައެވެ.

މި ސެންޓަރުގައި މިވަގުތު 14 ކުދިން އަންނަނީ ދިރިއުޅެމުންނެވެ. މި ސެންޓަރަކީ މުޖުތަމަޢުގައި ނާޒުކު ޙާލަތުގައި ތިބި ކުދިންނަށް އަޅާލައި، އެހީތެރިވުމުގެ ގޮތުން ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގާ ސެންޓަރެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް