ވެރިފަރާތަށް ނޭނގި 180،000ރ. އެހެން މީހެއްގެ އެކައުންޓަށް ޓްރާންސްފަރކުރި މައްސަލައާ ގުޅިގެން އަންހެނަކު ހޯދަން އޭނާގެ ފޮޓޯ އާއި ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުން ބުނީ ވީޑިއޯ އިން މީހަކީ އެކައުންޓުގެ ވެރިފަރާތަށް ނޭނގި އެކައުންޓުން -/180000ރ. އެހެން ފަރާތެއްގެ އެކައުންޓަށް ޓްރާންސްފަރ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި ރެސްޓޯރެންޓެއް ތެރޭގައި އަ އަންހެން މީހާ ހަރަކާތްތެރިވާތަން ފެނެއެވެ. ނަމަވެސް ފައިސާ ޓްރާންސްފަރ ކުރާ ހަރަކާތް ހިންގާ ތަނެއް ނުފެނެއެވެ.
"ވީމާ މި މީހާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓްގެ ނަންބަރު 9790048 އަށް ގުޅުއްވައި އެމައުލޫމާތެއް ހިއްސާކުރެއްވުން އެދެމެވެ." ފުލުހުންގެ ވެބްސައިޓުގައިވެއެވެ.



advertisment