...

Support Us

ޙަޤީޤަތެއް ނެތް ވާހަކަތައް ފެތުރުމުގެ އަސްލަކީ އިދިކޮޅުން ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުން: ޗީފް އޮފް ސްޓާފް

މީޑިއާގައި މި ފަހަކަށް އައިސް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރާ ގުޅުވައި އޯޑިއޯތަކާއި ސްކްރީން ޝޮޓްތައް ދައުރުވަމުންދާކަން ފާހަގަވެފައިވާ ކަމަށާއި، އެ އޯޑިއޯތަކާ ސްކްރީން ސޮޓްތަކުގައި ހުރި ވާހަކަތަކަކީ އެއްވެސް ޙަޤީޤަތެއް ނެތް ވާހަކަތަކެއް ކަމަށާއި މި ވާހަކަތައް ފެތުރުމުގެ އަސްލަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުޤައްޔޫމްގެ ޝަރީޢަތްތަކަށް އަމާޒުކޮށްގެން އިދިކޮޅު ފަރާތްތަކުން ސިޔާސީގޮތުން ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވުން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް އޮފް ސްޓާފް ޢަލީ ޒާހިރު ވިދާޅުވެއްޖެއެވެ.

ދަރުވަމުންދާ އޯޑިއޯތަކާއި ބައެއް ނޫސް ކޮންފަރެންސް ތަކުގައި ބައެއް ފަނޑިޔާރުން ވިދާޅުވަމުން ގެންދަވަނީ ރައީސް ޔާމީނަށް ވަކި ގޮތަކަށް ހުކުމް ކުރުމަށް އަލީ ޒާހިރު ގުޅުއްވައިގެން، ވާހަކަ ދައްކަވައިފައިވާ ކަމަށެވެ. ސަރުކާރުގެ އެހެން އެއްވެސް ބޭފުޅެއްގެ ނަމެއް އެ ބޭފުޅުން ވިދާޅެއްނުވެއެވެ.

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުން ޢަލީ ޒާހިރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު އޭރުގެ ސަރުކާރުން ނުފޫޒު ފޯރުވުމުގެ ސަބަބުން ފަނޑިޔާރުގެ ކިލަނބުވެފައި އޮތް މިންވަރުގެ ހަނދާންތައް ނެތިދާހާ ދުވަސް އަދި ނުވާ ކަމަށާއި، އެކަންތައްތައް ތަހައްމަލުކުރި ބައެއްގެ ގޮތުން ރައީސް ޞާލިޙްގެ ސަރުކާރުން އެންމެ މުހިންމުކަމެއް ދިން އެއް ވަޢުދަކީ ފަނޑިޔާރުގެ މިނިވަންކޮށް އިސްލާޙުކުރުން ކަމުގައި ވާތީ ޝަރުޢީ ދާއިރާއަށާއި ކޯޓުތަކާއި ފަނޑިޔާރުގެޔަށް މި ސަރުކާރުން އެއްވެސް ނުފޫޒެއް ނުފޯރުވާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވާ ކަމަށެވެ.

މިގޮތުން ޢަލީ ޒާހިރު ވިދާޅުވީ ކޯޓުތަކަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް މި ސަރުކާރުން ކުރަމުންދާ ކަމަށާއި، މިކަމުގެ ސަބަބުން ކޯޓުތަކާ މެދުގައި ޢާންމު ރައްޔިތުންގެ އިތުބާރު ދަނީ ބޮޑުވަމުންކަމުގައެވެ.

އަދި ރައީސް ޔާމީންގެ ޝަރީޢަތްތަކެއް މި ސެޕްޓެމްބަރު މަހުގައި ތާވަލުކުރެވިފައިވާއިރު ޢާންމުންގެ ތެރޭގައި މިފަދަ ދޮގު ވާހަކަތަކެއް ފެތުރުމުގެ މަޤްޞަދަކީ ވަރަށް ރޭވުންތެރިކަމާއެކު އެ ޝަރީޢަތަށާއި ކޯޓަށް ނުފޫޒު ފޯރުވުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް މިކަން މިގޮތަށް ނުވާނެކަމުގައި ފާހަގަކުރައްވައި އެމަނިކުފާނު ވިދާޅުވީ ބައެއް މީޑިއާތަކުން ހަޤީޤަތެއް ނެތް ވާހަކަ ފަތުރާއިރު އެފަދަ ކަންކަން ބަލަހައްޓަން ހަވާލުވެފައިވާ ފަރާތްތަކުން އެކަމަށް ސަމާލުކަންދޭން ވާނެ ކަމަށެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.