ގެއްލިގެން ހޯދަމުންދިޔަ ސައިކަލެއް، ފުރޮޅުތައް ނަގައިފައި ގޯޅިގަނޑެއް ތެރޭގައި ބަހައްޓައިފައި ހުއްޓައި އެއް ދުވަސް ފަހުން ފެނިއްޖެއެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ޕޯސްޓްތަކުން އެނގޭ ގޮތުގައި ހޮންޑާ ވޭވް ރަތްކުލައިގެ ސައިކަލް ގެއްލުނީ މިދިޔަ ބުދަ ދުވަހުގެ ރޭ އިރާކޮޅުގެ ވަގުތެއްގައި، އާސަހަރާ ބިއްދޮށުން، ޕޮލިސް ކަސްޓޯޑިއަލް ކައިރީގައި ހުއްޓައެވެ. ސައިކަލް ފެނުނީ އަނެއް ދުވަހުގެ ރޭ ފުލުހުންނަށެވެ.
ސައިކަލް ފެނުނީ މާފަންނުކޮޅު އަލިވާގޭ ހިސާބުގެ ގޯޅިގަނޑެއްގެ ތެރޭގައި ހުއްޓައެވެ. ފެނުނު އިރު އޭގެ ދެ ފުރޮޅާއި އަދިވެސް ގިނަ ސާމާނުތަކެއް ވަނީ ނަގައިފައެވެ. އަދި ޕެޓްރޯލާ ގުޅޭ ބައެއް ހޮޅިތައް ވެސް ހުރީ ބުރިކޮށްފައެވެ.
ސައިކަލްގެ ވެރި ފަރާތުން ބުނީ ސައިކަލް މަރަމާތުކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެކަމަށް ބޮޑު ޚަރަދެއް ހިނގާނެ ކަމަށެވެ.
One Response
ކޮބާ އިންސު އަރަންސް ހުސް ވަގުން