Support Us

މާވަށު ދެ މިސްކިތެއްގައި ޚާއްޞަ ދެ ދަރުހެއް ބާއްވަވައިފި

ލ. މާވަށު ކައުންސިލުން ހިންގާ ތަފާތު ޙަރަކާތްތަކުގެ ދަށުން މާވަށު ބައެއް މިސްކިތްތަކުގައި ދީނީ ދަރުސް ދެއްވުމުގެ ޚާއްޞަ ޕްރޮގްރާމެއް ބާއްވައިފިއެވެ. ބުރާސްފަތި ދުވަހު މަޣުރިބް ނަމާދަށް ފަހު ދަރުސް ދެއްވީ މާވަށު ހުކުރު މިސްކިތުގައެވެ. ހުކުރު ދުވަހު ޢަޞްރު ނަމާދަށް ފަހު ދަރުސްދެއްވުން އޮތީ މަސްޖިދު ބިލާލު (ރަޟިޔަﷲ ޢަންހު) ގައެވެ.

ހުކުރު މިސްކިތުގައި ދަރުސް ދެއްވީ ހެޔޮ ޢަމަލުތައް ދާއިމީ ގޮތެއްގައި ކުރުމުގެ މުހިންމުކަމާއި ސިއްރުން ކުރެވޭ ހެޔޮ ޢަމަލުތަކުގެ މާތްކަމުގެ މައްޗަށާއި ﷲގެ ރަޙުމަތުން އުންމީދު ކަނޑައިނުލުމުގެ މައްޗަށެވެ. މަސްޖިދު ބިލާލު (ރަޟިޔަﷲ ޢަންހު) ގައި ދަރުސްދެއްވީ މުޖުތަމަޢުގެ ހަމަޖެހުމާއި އެއްބައިވަންތަކަމަށް އިސްލާމް ދީނުގައި ދެއްވައިފައިވާ ޚާއްޞަ އަހުމިއްޔަތުކަމުގެ މައްޗަށެވެ. މި ގޮތުން ދޮގު ޚަބަރު ފެތުރުމުގެ ނުބައިކަމާއި ޣީބަބުނުމާއި ޖާސޫސުކުރުން ފަދަ ޢަމަލުތަކުން ދުރުވެ ތިބުމަށް އިސްލާމްދީނުގައި ކުރައްވައިފައިވާ އަމުރުފުޅުތަކާއި އެކަންކަމުގެ ސަބަބާއި ނަތީޖާގެ މައްޗަށް ވެސް އަލިއަޅުއްވައިލެއްވިއެވެ.

މާވަށު ކައުންސިލުން އިންތިޒާމުކުރި މި ދަރުސް ޕްރޮގްރާމްގައި ދަރުސްދެއްވީ ދީނީ ޢިލްމުވެރިއެއް ކަމަށްވާ އަލްއުސްތާޛުލްޙާފިޡު މުޙަންމަދު ފިރުޒުލް ޢަބްދުﷲ ޚަލީލެވެ. ދަރުސް ޕްރޮގްރާމުގައި ގިނަ ބަޔަކު ބައިވެރިވި ކަމަށް މައުލޫމާތު ލިބެއެވެ.

މާވަށު ކައުންސިލަކީ އިޖުތިމާޢީ އަދި ޢުމްރާނީ ތަފާތު ދާއިރާތަކުގައި ވަރަށް ޙަރަކާތްތެރި ކައުންސިލެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *