Support Us

ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް

ކެފޭ އުސޫލުން މަސްތުވާތަކެތީގެ ވިޔަފާރި ހިންގި ގެއެއްގެ ވެރިފަރާތަށް ދައުވާކުރަން ފޮނުވައިފި

ކެފޭ އުސޫލުން މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރި ހިންގި ގެއެއްގެ ވެރިފަރާތަށް ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީ.ޖީ) އޮފީހުން ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފިއެވެ. މިއީ ކެފޭ އުސޫލުން މާލޭގައި މަސްތުވާތަކެތި ވިއްކާ މައްސަލައިގައި މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ ދަށުން ގޭގެ ވެރިފަރާތުގެ މައްޗަށް ދަޢުވާކުރި ފުރަތަމަ ފަހަރެވެ.

ޕީ.ޖީ އޮފީހުން ބުނީ މަސްތުވާތަކެތި ބޭނުންކޮށް އެ ތަކެތީގެ ވިޔަފާރިކޮށް، އެ ތަކެތި ޕެޑްލް ކުރާ ކަމަށް ޤަބޫލުކުރެވޭ ހާލަތު އޮވެ، ނުވަތަ އެގޮތަށް ޤަބޫލުކުރާނެ ފުރުސަތު އޮވެ، އެކަން ހުއްދަކޮށްފައިވާތީ ދައުވާ އުފުލައިފައި ވަނީ މ. ބްރައިޓްފްލާވަރ، ޙުސައިން ޔޫސުފްގެ މައްޗަށެވެ.

އޭނާގެ މައްޗަށް ކުރަނީ މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ (ހ) އާ ޙަވާލާދީ، އެ މާއްދާގެ (ށ) ގެ ދަށުން، ގެއެއް ނުވަތަ ޢިމާރާތެއް ނުވަތަ ގެއަކުން ނުވަތަ އިމާރާތަކުން ބައެއް، ޖަދުވަލު 1 ގައިވާ މަސްތުވާއެއްޗެއް ނުވަތަ ޖަދުވަލު 2 ގައިވާ މަސްތުވާއެއްޗެއް، ޓްރެފިކްކުރުމަށް ނުވަތަ ޕެޑެލްކުރުމަށް ނުވަތަ އުފެއްދުމަށް ނުވަތަ ނުވަތަ އެއިން ކަމެއް ކުރުމަށްކަން ޤަބޫލުކުރެވޭ ޙާލު، ނުވަތަ އެގޮތަށް ޤަބޫލުކުރާނެ ފުރުޞަތު އޮވެ، އެ ތަނެއްގެ ވެރިފަރާތުން ނުވަތަ އެތަނެއްގައި އުޅޭ ފަރާތުން ނުވަތަ އެ ތަނެއްގެ މަސްއޫލިއްޔަތު އުފުލާ ފަރާތުން ހުއްދަ ދިނުން ނުވަތަ ހުއްދަކުރުމުގެ ކުށުގެ ދަޢުވާ ކަމަށް ޕީ.ޖީ އޮފީހުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *