ސްކޫޕް ކައިރީގައި ބަހައްޓާފައި ހުރި ފޮއްޓެއް ވަގަށް ނަގައިފައިވާ މައްސަލައާ ގުޅިގެން ދެ މީހަކު ހޯދަން އެ މީހުންގެ ފޮޓޯ އާއި ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން ބުނީ ވީޑިއޯއިން އެ ފެންނަ މީހުންނަކީ ޖުލައި 29 ވަނަ ދުވަހުގެ ވަގުތެއްގައި ޗާންދަނީމަގު ސްކޫޕް ކައިރީގައި ބަހައްޓާފައި ހުރި ފޮއްޓެއް ވަގަށް ނަގާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހުން ކަމަށެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި ލަގޭޖް ފޮއްޓެއް ކަމަށް ބެލެވޭ އެ ފޮށި ދަމަމުން އެ މީހުން އަންނަތަން ފެނެއެވެ.
"ވީމާ މި ދެ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 493459 ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން އެދެމެވެ." ފުލުހުންގެ ވެބްސައިޓުގައިވެއެވެ.



advertisment