ޗާންދަނީމަގުގައި ހުރި ގުދަނަކުން ވައްކަންކޮށްފައިވާ މައްސަލައަކާ މައްސަލައާ ގުޅިގެން ތިން މީހަކު ހޯދަން އެ މީހުންގެ ފޮޓޯ އާއި ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން ބުނީ ވީޑިއޯއިން އެ ފެންނަ މީހުންނަކީ ޖުލައި 11 ވަނަ ދުވަހުގެ ވަގުތެއްގައި މއ. ބާބުލްއަވާލީގައި ހުރި ގުދަނަކުން ވައްކަންކޮށްފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހުން ކަމަށެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި ތަނަކުން ނެރޭ ރަތް ދަބަހެއް ފޮށިގަނޑަކަށް ލާތަން ފެނެއެވެ.
"ވީމާ މި މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 491146 ވިދާޅުވެ، އެ މައުލޫމާތެއް ހިއްސާކުރެއްވުން އެދެމެވެ." ފުލުހުންގެ ވެބްސައިޓުގައިވެއެވެ.



advertisment