މަގުމައްޗަށް ވެއްޓިފައި އޮތް ވޮލެޓެއް ނެގި މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އޭނާގެ ފޮޓޯ އާއި ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން ބުނީ ވީޑިއޯއިން އެ ފެންނަ މީހަކީ ހެންވޭރު ވައިލެޓްމަގު، އައިޓަމައިޒް ފިހާރަ ކައިރިއަށް، އޮގަސްޓް 7 ވަނަ ދުވަހުގެ ވަގުތެއްގައި ވެއްޓިފައި އޮތް ވޮލެޓެއް ނަގައިފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށާއި އެ ވޮލެޓަކީ އެ ފިހާރައިން ވިޔަފާރިކުރުމަށްފަހު ވީނުވީއެއް ނޭނގި ގެއްލިގެން ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ވޮލެޓެއް ކަމަށެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި އެ ފިހާރަ ކުރިމަތިން ހިނގައިފައި ދިޔައިރު އެ ވޮލެޓް ބިންމައްޗަށް ވެއްޓިފައި އޮތްތަން ފެނިގެން، ދެ ވަނަ ފަހަރަށް އަނބުރާލައިފައި އައިސް އެ ވޮލެޓް ނަގައި، އެ ހާވާތަން ފެނެއެވެ.
"ވީމާ މި މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މި މައްސަލައިގެ އިންސިޑެންޓް ނަންބަރު 494292 ވިދާޅުވެ، އެ މައުލޫމާތެއް ހިއްސާކުރެއްވުން އެދެމެވެ." ފުލުހުންގެ ވެބްސައިޓުގައިވެއެވެ.



advertisment