ވަގަށް ނަގައިފައިވާ ފަސް ފުޅި ޝަވަރޖެލް ހިމެނޭ ގޮތަށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.
ފުލުހުން ބުނީ އެ ތަކެއްޗަކީ މާލެ އާއި ހުޅުމާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށާއި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައިނުވާ ކަމަށެވެ. އަދި ބައެއް ތަކެއްޗަކީ ހޮވައިގެން ގެންގޮސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެތި:
- ޖުލައި 26 ވަނަ ދުވަހު ހުޅުމާލެއިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފަސް ފުޅި ޝަވަރޖެލް (އެންޓަރބެކްސް)، ނެސްކެފޭ ކޮފީ ފުޅިއެއް، ކުއިކްސިލްވަރ ބްރޭންޑުގެ ފައިވާނެއް، ބިލަބޮންގ ބްރޭންޑުގެ ވޮލެޓެއް. އިންސިޑެންޓް ނަންބަރ 493217
- އޮގަސްޓު 21 ވަނަ ދުވަހު ހުޅުމާލެ، ކުރީގެ ނާސަރީ ތެރެއިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 12 ކޭސް ޑްރެއިން. އިންސިޑެންޓް ނަންބަރ 495648
- އޮގަސްޓު 16 ވަނަ ދުވަހު ދަތުރުވެރިންގެ މާރުކޭޓު ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފެން ޕަމްޕެއް. އިންސިޑެންޓް ނަންބަރ 495145
- އޮގަސްޓު 18 ވަނަ ދުވަހު އީދުމިސްކިތް ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ޓޫލްސް ތަކެއް. އިންސިޑެންޓް ނަންބަރ 495321
- އޮގަސްޓު 20 ވަނަ ދުވަހު ވިލާހަކަތަ ގުދަން ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކޭބަލްޓީވީ ނަރުތަކަކާއި، 250 ފޫޓުގެ ސިންގަލްފޭސް ކޭބަލްއެއް. އިންސިޑެންޓް ނަންބަރ 495588
- އޮގަސްޓު 20 ވަނަ ދުވަހު މ. މޫރިތިގެ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ބައިސްކަލެއް. އިންސިޑެންޓް ނަންބަރ 495558
- އޮގަސްޓު 21 ވަނަ ދުވަހު މ. ޝާހީންގެއިން ފެނިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ވެރިއަކު ނެތް މޯޓަރެއް. އިންސިޑެންޓް ނަންބަރ 495671
- އޮގަސްޓު 22 ވަނަ ދުވަހު މއ. ރަބީއުގެއިން ވައްކަންކުރިކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ސެމްސަންގ މޯބައިލް ފޯނެއް. އިންސިޑެންޓް ނަންބަރ 495728
ފުލުހުން ބުނީ އެ ތަކެތީގެ ތެރެއިން ހުޅުމާލެ ޕޮލިސްގެ ބެލުމުގެ ދަށުގައިވާ ތަކެތީގެ ވެރިފަރާތުން، ހުޅުމާލެ ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9980062 އަށް ގުޅައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމަށެވެ. އަދި އެހެން ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރުމަށެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވުމަށްވެސް ފުލުހުން ވަނީ އެދިފައެވެ. ނަމަވެސް އެ ތަކެތީގެ ވެރިފަރާތުން އެ ތަކެއްޗާ ހަވާލުނުވެއްޖެ ނަމަ ނުވަތަ ވެރިފަރާތް ނޭނގިއްޖެ ނަމަ، އެ ތަކެއްޗާމެދު އަމަލުކުރާނެ ގޮތެއް ފުލުހުންގެ ބަޔާނުގައެއް ނެތެވެ.



advertisment