ސައިކަލެއް ވަގަށް ނަގައިފައިވާ މައްސަލައަކާ ގުޅިގެން ދެ މީހަކު ހޯދަން އެ މީހުންގެ ފޮޓޯ އާއި ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން ބުނީ ވީޑިއޯއިން ފެންނަ ދެ މީހުންނަކީ ޖޫން 5 ވަނަ ދުވަހުގެ ވަގުތެއްގައި ސައިކަލެއް ގެއްލިގެން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ ދެ މީހުން ކަމަށެވެ.
ވީޑިއޯ އިން ފެންނަ ގޮތުގައި އެ ދެ މީހުން ސައިކަލެއްގައި ގޮސް މަގެއްގައި ޕާކުކުރާ ތަނާއި، ސައިކަލުން ފައިބައިގެން ހިނގައިފައި ދާތަން ފެނެއެވެ.
"ވީމާ މި ދެ މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު 488756 ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން އެދެމެވެ." ފުލުހުންގެ ވެބްސައިޓުގައިވެއެވެ.