Support Us

ވަގަށް ނަގައިފައިވާ ފިޔާ ބަސްތާއެއްގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާނުކޮށްފި

ވަގަށް ނަގައިފައިވާ ފިޔާ ބަސްތާއެއް ހިމެނޭ ގޮތަށް އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދަން ފުލުހުން އިއުލާނުކޮށްފިއެވެ.

ފުލުހުން ބުނީ އެ ތަކެއްޗަކީ މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށާއި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައިނުވާ ކަމަށެވެ. އަދި ބައެއް ތަކެއްޗަކީ ހޮވައިގެން ގެންގޮސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެތި ކަމަށެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެތި:

  • އޮގަސްޓު 8 ވަނަ ދުވަހު ކާނޭޝަން މަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ކޮންކްރީޓް ވައިބްރޭޓަރެއް (ޕޯލޯ ބްރޭންޑް). އިންސިޑެންޓް ނަންބަރ 494422
  • އޮގަސްޓު 13 ވަނަ ދުވަހު ނަސްރީނު ގޯޅިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ އަތުކުރީ ގަޑިއެއް (އަވިން ސްޕޯޓް ބްރޭންޑް). އިންސިޑެންޓް ނަންބަރ 494915
  • އޮގަސްޓު 14 ވަނަ ދުވަހު މާލެހިޔާ 2 ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ  ބުރުމާއެއް. އިންސިޑެންޓް ނަންބަރ 494975
  • އޮގަސްޓު 15 ވަނަ ދުވަހު މ. ދެރަހަ ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފިޔާ ބަސްތާއެއް. އިންސިޑެންޓް ނަންބަރ 495037
  • އޮގަސްޓު 15 ވަނަ ދުވަހު ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ބައިސްކަލެއް. އިންސިޑެންޓް ނަންބަރ 495043

"މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ. ނަމަވެސް މި ތަކެތީގެ ވެރިފަރާތުން މި ތަކެއްޗާ ހަވާލުނުވެއްޖެ ނަމަ ނުވަތަ ވެރިފަރާތް ނޭނގިއްޖެ ނަމަ، އެ ތަކެއްޗާމެދު އަމަލުކުރާނެ ގޮތެއް ފުލުހުންގެ ބަޔާނުގައެއް ނެތެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *