Support Us

ރާއްޖޭގައި މަޝްހޫރުކަމާއި މަގުބޫލްކަން ހޯދައިފައިވާ އޮލިމްޕިކް ދުވުންތެރިއެއް ކަމަށްވާ ޔަޒްނީ ނަޝީދާ (ޔަޒޫ) 

ޔަޒޫ އަމިއްލަ އަށް މަރުވާނެ ކަމަށް ބުނި ޚަބަރު ޖެހުމުން "އަދިވެސް"ގެ މައްސަލަ މީޑިއާ ކައުންސިލަށް 

ކޮވިޑުގެ ވަބާއިން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން އަޅައިފައިވާ ފިޔަވަޅުތަކުގެ ސަބަބުން، ބޯ ގޮވައިގެން އަމިއްލަ އަށް މަރުވާނެ ކަމަށް ރާއްޖޭގެ ކުރީގެ ބާރު ދުވުންތެރިޔާ ޔަޒްނީ ނަޝީދާ (ޔަޒޫ) ބުނި ކަމަށް "އަދިވެސް"ގައި ޝާއިއުކުރި ޚަބަރާ ގުޅިގެން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމް.އެމް.ސީ) އަށް ޔަޒޫ ޝަކުވާ ހުށަހަޅައިފިއެވެ.

ދުވުން ހުއްޓައިލުމަށްފަހު، ހަންގޭރީގެ ޗަބާ ކިސްއާ ކައިވެނިކޮށް، ދެމަފިރިން ވެގެން ކުޑަކުދިންނަށް އެތުލެޓިކްސް ޓްރޭނިން ސްކޫލެއް ހިންގާ ޔަޒޫ އޭނާގެ ފޭސްބުކްގައި ޖޫން މަހުގެ 23 ގައި ބުނެފައި ވަނީ "އެޗް.ޕީ.އޭއާ ހެދި އަހަރެން އަމިއްލައަށް މަރުވާނަން" ކަމަށެވެ.

ދެ ކުދިންގެ މަންމަ، ޔަޒޫގެ އެ ޕޯސްޓަށް އޭނާގެ ރައްޓެހިން ދެކޮޅު ހަދައި، އެ ޚިޔާލު ދޫކޮށްލުމަށް ނަސޭހަތް ދިން ނަމަވެސް، ޗަބާ ކިސް، ވެލެންސިއާ އަށާއި ވީ.ބީ ސްޕޯޓްސް އަށް ގެނައި މަޝްހޫރު ފުޓުބޯޅަ ކޯޗު ލާސްލޯ ކިސްގެ ދަރިފުޅު، ބުނީ "އެކަމަށް އަހަރެންގެ ފަރާތުން ފުރިހަމައަށް ސަޕޯޓް ދޭނަން" ކަމަށެވެ.

މި ކަމާ ގުޅިގެން "އަދިވެސް"ގެ އެޑިޓަރަށް އެމް.އެމް.ސީން މިއަދު ފޮނުވި ސިޓީގައި ބުނެފައި ވަނީ އެ ޚަބަރާ ގުޅިގެން ޔަޒޫގެ ފަރާތުން އެމް.އެމް.ސީ އަށް ޝަކުވާ ހުށަހަޅައިފައިވާ ކަމަށެވެ. ނަމަވެސް ހުށަހެޅީ ކޮން ޝަކުވާއެއް ކަމެއް ބުނެފައެއް ނުވެއެވެ.

"މީޑިއާ ކައުންސިލުން އެދިފައި ވަނީ ދެ ފަރާތުގެ ދެމެދުގައި މަޝްވަރާކޮށްގެން ސުލްހަވެރިކަމާއެކު މައްސަލަ ހައްލުކުރުމަށް. އެކަމަކު އެއީ ކޮން ޝަކުވާއެއް ކަމެއް ނޭނގޭ،" އަދިވެސްގެ ލީގަލް ޓީމުގެ ބޭފުޅަކު ވިދާޅުވިއެވެ. "ޝަކުވާއެއް ހުށަހަޅައިފައި އެބައޮތޭ ބުންޏަސް ނޭނގޭނެ. ޝަކުވާއަކީ ކޮބައިކަން ބުނުމުން އެނގޭނީ. އެހެންވެ އަޅުގަނޑުމެން އޮންނާނެ އެކަން ސާފުކޮށްދޭން އެދިފައި."

އަދިވެސްގައި އެ ޚަބަރު ޖެހުމާ ވިދިގެން، އެ ޚަބަރު ވެބްސައިޓުން ނަގައިދިނުމަށާއި ނުނަގައިފިއްޔާ އެމް.އެމް.ސީ އަށް ޝަކުވާ ހުށަހަޅާނެ ކަމަށް ބުނެ ޔަޒޫ އަދިވެސް އަށް މެސެޖްކޮށް، ގުޅައި ހެދި ކަމަށް އަދިވެސް ލީގަލް ޓީމުން ބުނެއެވެ. އެކަމާ ގުޅިގެން އަދިވެސްގެ ލީގަލް ޓީމުން ބެލި ބެލުމުގައ،ި އެ ޚަބަރުގައި ހުރީ، ރާއްޖޭގައި މަޝްހޫރުކަމާއި މަގުބޫލްކަން ހޯދައިފައިވާ އޮލިމްޕިކް ދުވުންތެރިއެއް ކަމަށްވާ ޔަޒޫ، އޭނާގެ ގާތް ރައްޓެހިންނާއެކު ޕަބްލިކް ޕްލެޓްފޯމެއް ކަމަށްވާ ފޭސްބުކްގައި ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ދައްކައިފައި ހުރި ވާހަކަތަކެއް ކަމަށް ވާތީ، އަދި ޚަބަރުގައި ހުރީ ދޮގު ވާހަކަތަކެއް ކަމަށް ޔަޒޫވެސް ބުނެފައި ނުވާތީ، އެ ޚަބަރު ވެބްސައިޓުން ނަގަންޖެހޭ ހާލަތެއް ނެތް ކަމަށް ނިންމައިފައިވާ ކަމަށް ވެސް އަދިވެސްގެ ލީގަލް ޓީމުން ބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
11
ޚިޔާލު ފާޅުކުރައްވާ!

2 Responses

  1. އެމީހަކު ބުނިއެއްޗެއް ނުބުނާ ކަމަކަށް ނުވާނެ. ނުބުނާ އެއްޗެއް ބުނިކަމަކަށްވެސް ނުވާނެ..
    ވަރަށް ވެދުން

  2. އޭނާ ބުނެ މީޑިއާ ކައުންސިލުގައި ޢާންމުކޮށްފައިވާ ވާހަކައެއް ޖެހީމާ ދެން އެއީ ނުބުނާ އެއްޗަކަށް ހެދޭނެތަ؟ އޭނާ މާފަށް އެދިފައި ޓްވީޓެއް ކޮށްފިއްޔާ އެ ޚަބަރުވެސް ތިޔަ ނޫހުގައި ނުޖަހާނަންތަ؟ އޭރުން އެ ނިމުނީނު؟ ތީގައި ދެން ދެ ފަރާތުގެ ދެމެދުގައި މަޝްވަރާކޮށްގެން ސުލްހަވެރިކަމާއެކު ހައްލުކުރާން އޮތީ ކޮން މައްސަލައެއްބާވައޭ ހިތަށް އަރަނީ. ތިޔަ ކަމާ އުޅުނުއުޅުނުހެން ޔަޒޫ އިތުރަށް ފަޟީހަތެއްނު ވާނީ.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް