ޑިންގީއަކުން ހުޅުމާލެއަށް ބޭލި 48 ދަޅު ބަނގުރަލާއެކު ތިން މީހަކު ރޭ ހައްޔަރުކޮށްފިއެވެ.
މަސްތުވާތަކެއްޗާއި ބަނގުރަލާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ހުޅުމާލެ ޕެޓްރޯލް ޖެޓީއާ ދިމާ ފަޅުތެރޭގައި އޮތް ޑިންގީއަކުން ޓެކްސީއަކަށް ބަނގުރާ އަރުވާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ 24 އަހަރުގެ މީހަކާއި 26 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުން ތަހުގީގުކުރަމުން ގެންދާ ކަމަށެވެ.



advertisment