Support Us

ހުޅުމާލޭ މިސްކިތެއް ތެރޭގައި ދެ މީހަކު އަވަގުރާނަ ގޮވައި، ތަޅާފޮޅާ މަންޒަރު ފެންނަ ވީޑިއޯއެއް

ހުޅުމާލޭ ވަގުތީ މިސްކިތެއް ތެރޭގައި ދެ މީހަކު އަވަގުރާނަ ގޮވައި، ތަޅާފޮޅާ މަންޒަރު ފެންނަ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވާން ފަށައިފިއެވެ.

އެ ވީޑީއޯ އިން ފެންނަނީ، ހުޅުމާލެ ހޮސްޕިޓަލް ކައިރީގައި ހުންނަ "މަސްޖިދުލް ފިތުޔަ"ގައި ތިބި ބޮޑު ދެ މީހަކު ޒުވާބުކުރަމުން ގޮސް، ދެ މީހުން ތަޅާފޮޅާ ތަނެވެ. ކަޅާއި ރަތް ކުލައިގެ ޓީޝާޓެއް ލައިގެން ހުންނަ މީހާ ވީޑިއޯ ފެށުނީއްސުރެ ގެންދަނީ ހުތުރު އެއްޗެތި ގޮވައި އަނެއް މީހާއާ ދިމާލަށް ހަޅޭއްލަވަމުންނެވެ. ނަމަވެސް ފުރަގަހުން ގޮސް އަތްދަމާފައި ފުރަތަމަ ޖަހާތަން ފެންނަނީ ކުރުތާއަކާއި ހަރުވާޅެއް ލައިގެން ހުންނަ އަނެއް މީހާއެވެ. އެއާއެކު ދެމީހުން ހިފައިގަނެ ތަޅުންމައްޗަށް ވައްޓާލާ މަންޒަރުވެސް ފެނެއެވެ. އަދި އަތުންނާއި ފައިންވެސް ދެ މީހުން ވަރަށް ގަދަޔަށް ތަޅައެވެ.

ހަޅޭއްލަވާ މީހާ ބުނަނީ މިސްކިތުގައި ބަންގި ގޮވަނީވެސް އަދި ނަމާދު ކުރަނީވެސް އޭނާ ކަމަށެވެ. އަދި މަސްތުވާތަކެތީގެ ވިޔަފާރި ނުކުރެވިގެން އަނެކަކު އުޅޭ ކަމަށް ވެސް، ހަޅޭއްލެވުމުގެ ތެރޭގައި ބުނެއެވެ.

އެ މަންޒަރު ބަލަން ގިނަ ބަޔަކު ތިބިތަން ވެސް ފެނެއެވެ. ނަމަވެސް އެކަން ހުއްޓުވާކަށް އެކަކު ވެސް ނޫޅެއެވެ. ފަހުން ފުލުހުން ވެސް އެތަނަށް ދެއެވެ.

މި ތަޅާފޮޅުން ހިނގައިފައި ވަނީ މިއަދު އިރުއޮއްސުނު ވަގުތުއެވެ.


މިކަމާ ގުޅިގެން ފުލުހުން މިރޭ ބުނީ ހުޅުމާލެ 171 ނަންބަރު ފްލެޓް ކައިރީގައި ހުންނަ ވަގުތީ މިސްކިތަށް ވަދެ، އަޑުގަދަކޮށް، މީހުންނަށް އުނދަގޫކުރި މީހަކަށް، އެކަންތައް އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވި މީހަކާ ދެމެދު މާރާމާރީ ހިންގި މައްސަލައެއް މިރޭ 6.30 ހާއިރު ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ.

"މި މާރާމާރީގައި އެކަކަށް ކުދި އަނިޔާވެފައިވޭ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން،" ފުލުހުން ބުންޏެވެ.

މި މައްސަލައިގައި އެއްވެސް މީހަކު ހައްޔަރުކުރި ކަމަކަށް ފުލުހުން ނުބުނެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
12
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ފުލުހުން ގޮސް ވެސް އެ މީހުންނަށް ފުރުޞަތު ދީގެން މަޑުކުރީ ދޯ؟ މިއީ މި ސަރުކާރުން ބޭނުންވާ ގޮތް ވިއްޔަ. މިސްކިތްތަކަކީ މީހުންނަށް ބިރުވެރި ތަނަކަށް ހަދައި އެތަނަށް ވަންނާން މީހުން ބިރުގަނަން ގަޮތް ހެދުމަކީ ސަރުކާރުގެ އަމާޒު؟ މިސްކިތަކީ މި ބިންމަތީގައިވާ ﷲގެ ގެކޮޅުތަކެއްކަން އެނގޭނަމަ، އެ ތަނަށް އަރައި ތިބެ ޒުވާބުކުރާކަށް ނުކެރުނީސް. ތިޔަ ދެ މީހުން ކުރެ އެކަކަށް ވެސް ފިޔަވަޅެއް ނާޅާނެ. ފުލުހުން ގާތަށް އަންނާނީ ހިނި. ދީނަށް ފުރައްސާރަކުރާ މީހަކަށް ނޫނީ ސަރުކާރުގެ މަތީ މަގާމެއް ނުލިބޭ. މި ހުރިހާ ކަމެއް އިންތިޒާމުކުރުމަށް ފަހު، ރަސްމީކޮށް ސެކިޔުލަރިޒަމް ފެތުރުމަށްޓަކައި ޤާނޫނުއަސާސީއާ ޚިލާފު ލާދީނީ ބިލެއް، ހިސާނު ހަސަން މެދުވެރިކޮށް ނަޝީދާއި އިބޫ ހުށަހަލައިގެން އެ އުޅެނީ. ރާއްޖޭގެ ހުރިހާ ރައްޔިތުން ދެކޮޅު ހެދިޔަސް އެ ބިލު ފާސްކޮށް ތަސްދީޤުކުރާނެ. ޤާނޫނުއަސާސީއާ ޚިލާފޭ ބުނާކަށް ސުޕްރީން ކޯޓަކުން ވެސް ނޫޅޭނެ. އެ މީހުން ގާތަށް ވެސް އަންނާނީ ހިނި. ވާނީ މަޖާ. ޔާﷲ މި ބަލާވެރިކަމުން އަޅަމެން ސަލާމަތްކުރައްވާނދޭވެ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް