ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް އޭނާގެ ފޮޓޯ އާއި ވަނަވަރު ފުލުހުން އާންމުކޮށްފިއެވެ.
ފުލުހުން ބުނީ، ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން ހޯދަނީ ނ. ކެނދިކުޅުދޫ، ކެނދިކޮޅު، އޯޝަންވިލާ، އިބްރާހީމް ޢަޒްލީފް، 32، ކަމަށެވެ.
"ވީމާ އިބްރާހީމް ޢަޒްލީފްއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަމްބަރު 9631696 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ." ފުލުހުންގެ ވެބްސައިޓުގައި ވެއެވެ.



advertisment