Support Us

ތިން ފޯނާއި ޓްރެއިނިންގ ޝޫޒްއެއް ވަގަށް ނަގައިގެން ދެ މީހަކު ހޯދަނީ

ރެއިންބޯ ސްޓާފް އެކަމަޑޭޝަނުން ތިން ފޯނާއި މާފަންނުކޮޅު ގެއަކުން ޓްރެއިނިންގ ޝޫޒްއެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ދެ މީހަކު ހޯދަން އެ މީހުންގެ ފޮޓޯ އާއި ވީޑިއޯ ފުލުހުން އާންމުކޮށްފިއެވެ.

ފުލުހުން ބުނީ ވީޑިއޯއިން ފެންނަ އެ މީހަކީ މި އަހަރުގެ އޭޕްރީލް 13 ވަނަ ދުވަހުގެ ވަގުތެއްގައި ރެއިންބޯ ސްޓާފް އެކަމަޑޭޝަނުން ތިން މޯބައިލް ފޯނު ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށެވެ.

"ވީމާ މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން އެދެމެވެ. މިމައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 484557 އެވެ." ފުލުހުންގެ ވެބްސައިޓުގައިވެއެވެ.

އަދި ފުލުހުން ހާމަކޮށްފައިވާ ދެ ވަނަ ވީޑިއޯއިން ފެންނަ މީހަކީ މި އަހަރު އޭޕްރީލް 18 ވަނަ ދުވަހު 5:48 އެހައިކަންހާއިރު މާފަންނު، ގެއަކުން ޓްރެއިނިންގ ޝޫޒެއް ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ކުރަމުންދާ ތަހުގީގަށް ހޯދަމުންދާ މީހެއް ކަމަށް ފުލުހުން ބުނެއެވެ.

"ވީމާ މީހާއާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މިމައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެމައުލޫމާތެއް ހިއްސާކުރެއްވުން އެދެމެވެ. މި މައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 484805 އެވެ." ފުލުހުންގެ ވެބްސައިޓުގައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް