Support Us

ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ ނުބައި އާދަތަކާ ދުރުހެލިވުމަށް އިލްތިމާސްކުރައްވައިފި

ކޯވިޑް-19ގެ މި ބަލިމަޑުކަމުގެ ތެރޭގައި، ޚާއްޞަކޮށް ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ ނުބައި އާދަތަކާ ދުރުހެލިވުމަށް ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިލްތިމާސްކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިކަމަށް އިލްތިމާސްކުރެއްވީ ދުނިޔޭގެ މި އަހަރުގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާޞަބާގައި އެމަނިކުފާނު ފޮނުއްވި ޚިޠާބުގައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޚިޠާބުގައި، ކޯވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް އެތައް ގެއްލުންތަކެއް ލިބިފައިވާ މި ޙާލަތަކީ ދުންފަތުގެ އިސްތިޢުމާލުކުރުން ފަދަ އިސްރާފުތައް ހުއްޓާލައި އެ ނުބައި އާދައާ ދުރުހެލިވާން އެންމެ މުނާޞަބު ވަގުތުކަން ފާހަގަކުރެއްވިއެވެ.

ދުވަހުގެ މުނާޞަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މި ޚިޠާބުގައި އެމަނިކުފާނު ވަނީ ދުންފަތުގެ ނުރައްކާތެރިކަމާމެދު ރައްޔިތުން ހޭލުންތެރިކޮށް، އެ ވަބާއިން ރައްޔިތުން ސަލާމަތް ކުރުމަށް، އެކި ގޮތްގޮތުން މަސައްކަތް ކުރައްވާ ބޭފުޅުންނާއި އެންމެހާ ދިވެހި ރައްޔިތުންނަށް ހެޔޮއެދުންތައް ފޮނުވާފައެވެ.

ދުންފަތުގެ އިސްތިޢުމާލުކުރުމާ ކޯވިޑް-19 އަކީވެސް ފުއްޕާމެޔާ ނޭވާލާ ނިޒާމު ބަލިކޮށްލާ ކަމަކަށްވާއިރު، ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން ކޯވިޑް-19އަށް ހުށަހެޅިއްޖެ ނަމަ އެކަމުގެ ހުރި ނުރައްކާތެރިކަން ފާހަގަކުރައްވައި ކަމާގުޅުންހުރި ބައެއް ތަފާސް ހިސާބުތަކުގެ މައްޗަށްވެސް އެމަނިކުފާނުގެ ޚިޠާބުގައި އަލިއަޅުވާލެއްވިއެވެ.

ރާއްޖޭގައި މިހާތަނަށް ކޮވިޑް ބައްޔަށް ފައްސިވި މީހުންގެ، 62 އިންސައްތައަށް ވުރެ މަތީ ޢަދަދެއްގެ މީހުންނަކީ، އުމުރުން 15 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންނެވެ. ރާއްޖޭގެ އާބާދީގެ 40 އިންސައްތައަށް ވުރެ މަތީ ނިސްބަތެއްގެ މީހުން ދުންފަތުގެ އިސްތިޢުމާލުކުރާއިރު، އޭގެ ތެރެއިންވެސް ވަރަށް މަތީ އިންސައްތައެއް ފެތެނީ މި ޢުމުރުފުރާ އަށެވެ.

ދުންފަތުގެ އިސްތިޢުމާލުކުރުން ހުއްޓާލުމަކީ، ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންނާއި ދުންފަތުގެ އިސްތިޢުމާލު ނުކުރާ މީހުންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށްވެސް އެތައް ފައިދާތަކެއް ކުރާނެ ކަމެއްކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ހަށިހެޔޮ ދުޅަހެޔޮ ޞިއްޙަތެއް ރައްޔިތުންނަށް ހޯދައިދިނުމަށް، ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގައި ހުރިހާ ފަރާތްތަކުގެ ބައިވެރިވުމަށް އެދިވަޑައިގަންނަވާފައެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

One Response

  1. ކޮންމެ ބޭފުޅަކުވެސް އަޒުމު ކަނޑައަޅަންވީ ދުންފަތަކީ ސީދާ އަޅުގަނޑުމެންގެ މައްޗަށް ކަނޑައެޅިގެން ހުރިއަދާވަތްތެރިއެއްކަން ހިތުގެ އަޑީން ޤަބޫލުކުރުން. އަޅުގަނޑު 11 އަހަރު ސިނގިރޭޓު ބުއިމަށް ފަހު 7.4.1988 ޑަަބުލިއުއެޗުްއޯ އަށް 40 އަހަރު ފުރުނު މުހިއްމު ދުވަހު ސިނގިރޭޓް ބުއިން ހުއްޓާލިން. ހުރިހައި ދިވެހި ޒުވާނުންނަށް އަޅުގަނޑު ގޮވާލާނީ މިވަބާ އިން ސަލާމަތްވުމަށް ނުގުޑާނެ އަޒުމަކާ އެކު ކުރިޔަށް ހިނގާށެވެ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް