ވަރަށް ބޮޑަށް އާގަންނަ މީހަކު ޑަކުޓަރަށް ޒިޔާރަތްކުރިއެވެ. އަދި އޭނާގެ އާގަތުމާ ބެހޭ ގޮތުން ޑަކުޓަރު ގާތު ވަރަށް ޝަކުވާކުރިއެވެ. އޭނާ ބުނަން ބޭނުންވާ އެއްޗެއް ފަސޭހައިން ނުބުނެވޭ ކަމާއި އަދި އެކަމާ އެންމެން ހެން އަބަދުވެސް މަލާމާތް ކުރާ ވާހަކައެވެ. ދެން ޑަކުޓަރު ގާތު އޭނަ ބުންޏެވެ:
"އަ އަ އަ ޅުގަނ ގަނ ގާޑުގެ މައް މައް މައްސަލަ އަ އަ އަކީ ކޮ ކޮ ކޮބައި ތޮ ތޮ ތޮ ތޯއެވެ؟"
ޑަކުޓަރު އޭނާ ވަރަށް ރަނގަޅަށް ބައްލަވަައި އަދި ވަރަށް ގިނަ ޓެސްޓުތައް ހެއްދެވުމަށް ފަހު، އޭނާ ގެނެސް އޭނާ ގާތު ބުންޏެވެ.
"ކަލޭގެ މައްސަލަ ސާފުވެއްޖެއެވެ. ކަލޭގެ ފިރިހެން ގުނަވަން މާ ބަރީއެވެ. އެކަމުގެ ސަބަބުން ކަލޭގެ އަޑު ނެރޭ ގުނަވަންތަކަށް އަސަރުކޮށް އަޑުތައް ގުޅުވައިދީގެން އަޑު ނެރެވޭ ގޮތް ނުވަނީއެވެ. ތިކަމަށް އޮތް ހައްލަކީ ކަލޭގެ ފިރިހެން ގުނަވަން ތަންކޮޅެއް ލުއިކޮށް އޮތް ގުނަވަނަކާ ބަދަލުކުރުމެވެ. ދެން، އަހުރެން އެފަދަ މީހަކު ވޭތޯ ބަލާނަމެވެ. ވުމުން، ކަލެއަށް އަންގާނަމެވެ. ދެން، އޮޕަރޭޝަންކޮށް ގުނަވަން ބަދަލުކުރާނީއެވެ. އޭރުން މައްސަލަ ހައްލުވާނެއެވެ.
ދެން، އާގަންނަ މީހާ ކޮންމެ ވެސް ވަރަކަށް ހިތްހަމަޖެހިގެން ގެއަށް ދިޔައެވެ.
މާގިނަ ދުވަސްތަކެއް ނުވަނީސް، އާގަންނަ މީހާއަށް ޑަކުޓަރުގެ ފޯނު ކޯލެއް ލިބުނެވެ. އަދި، ގުނަވަން ބަދަލުކުރާނޭ މީހަކު ވެއްޖެ ކަމުގެ އުފާވެރި ޚަބަރު ދިނެވެ.
އާގަންނަ މީހާ އުފަލުން ޑަކުޓަރުގެ ކުލިނިކަށް ދިޔައެވެ. އަދި، ޑަކުޓަރު ބުނި އޮޕަރޭޝަން ކުރަން އައިސް ތިބި ހައެއްކަ ޑަކުޓަރުންގެ އެހީގައި އޮޕަރޭޝަން ކޮށް ނިންމިއެވެ. އޮޕަރޭޝަން ވަރަށް ވެސް ކާމިޔާބެވެ. އާގަންނަ މީހާގެ އާގަތުން މުޅިން ފިލައި ދިޔައެވެ.
އޭގެ ކުޑަ ދުވަސްކޮޅެއް ފަހެވެ. އާގަންނަ މީހާ ޑަކުޓަރުގެ ކުލިނިކަށް ދިޔައެވެ. އަދި ޑަކުޓަރު ގާތު ބުންޏެވެ. އޮޕަރޭޝަނާ މެދު އަންހެނުން ހިތާއެއް ނުވިއެވެ. އާގަތަސް އޭނާ ބޭނުންވަނީ އަހަރެންގެ ކުރީގެ ގުނަވަނެވެ. މިހާރުގެ ލުއިލުއި 'މައިކްރޯ' ގުނަވަނާ މެދު އޭނާ އެއްގޮތަކަށް ވެސް ހިތްހަމައެއް ނުޖެހެއެވެ. އެހެންވީމާ އަލުން އޮޕަރޭޝަންކޮށް ކުރިއެކޭ އެއްގޮތަށް ކަންތައް ހަމަޖައްސައިދޭށެވެ!
"ދެން ޑަކުޓަރު ބުންޏެވެ. "ތި ތި ތި ޔަ ޔަ ޔަ އީ މުސް މުސް މުސް ތަހީ ތަހީ ތަހީލު ކަ ކަ ކަމެކެވެ!"
ނޯޓު: ތިމާއަށް ލިބިފައި އޮންނަ ނިއުމަތެއްގެ މަތިން ހަނދާން ނުނެތިވޭތޯ އަބަދުވެސް މަސައްކަތްކުރަން ވާނެއެވެ. ބޭރުފުށުން، ތިމާއީ ނުކުޅެދޭ މީހެއްގެ ގޮތުގައި ބައެއް ފަހަރު ފެންނަ ގޮތަށް ކަންތައްތައް މިންވަރުކުރެވިފައި އޮންނަނީ ތިމާގެ ހެވަކަށެވެ. ތިމާއަށް ލިބިފައި އޮތް ބޮޑު ނިއުމަތެއް ފޮރުވާފައި ބޭއްވުމަށްޓަކައެވެ.
