Support Us

ކުރު ވާހަކަ: ފިރިއެއްގެ މޮޅު އުކުޅުގެ ނަތީޖާ

ފިރިމީހާގެ ޝަކުވާއަކީ އަންހެނުން މާގިނައިން ޝަކުވާކުރާކަމުގެ ވާހަކައެވެ. ދެން، ފިރިމީހާ، އޭނާގެ ރައްޓެހި ނަފްސާނީ ޑަކުޓަރަކު ގާތު މިވާހަކަ ބުންޏެވެ. ޑަކުޓަރު، ފިރިމީހާއަށް ނަސޭހަތްދިނީ ބުއްދި ގޯސްވީ ކަމަށް ހެދިގެން އޮންނާށެވެ. އެހެން ހެދުމުން، އަހަންހެނުން ތިމަންނާ ގާތަށް އަންނާނެއެވެ. އައިމާ، ތިމަންނަ އޭނާއަށް ނަސޭހަތް ދޭނަމެވެ.

ޑަކުޓަރު ބުނި ގޮތަށް ފިރިމީހާ ކަންތައް ކުރިއެވެ. ހަފްތާއެއް ވީއިރުވެސް ފިރމީހާއަށް ބަދަލެއް ނައުމުން، އަންހެނުން ގަސްދުކުރީ ނަފްސާނީ ޑަކްޓަރު ކައިރިއަށް ގޮސް ވާހަކަދައްކާލާށެވެ.

ދެން، ޑަކްޓަރު ކައިރިއަށް އަންހެން މީހާ ގޮސް އޭނާގެ ފިރިމީހާ ބުއްދި ގޯސްވެގެން އުޅޭ ވާހަކަ ކިޔައިދިނެވެ. އަންހެން މީހާ ކުރެން އިތުރު މައުލާމާތު ޑަކުޓަރު ހޯދިއެވެ. ދެން، ޑަކްޓަރު އަންހެނުން ގާތު ބުންޏެވެ.

ފިރިމީހާ އެވަނީ ކޮންމެވެސް ކަމަކާ މާބޮޑަށް ދެރަވެ، ހިތް މަރުވެފައެވެ. އެހެންވެ، އޭނާގެ ހިތް ހަމަޖައްސައިދޭން ޖެހެއެވެ. ހެނދުނު އޭނާއަށް ރަނގަޅަށް ސައިދީ ހަދާށެވެ. އަދި، އޭނާ ލައްވާ ގޭގެ އެއްވެސް މަސައްކަތެއް ކުރަން ނުޖައްސާށެވެ. އޭނާގެ މަސައްކަތުން އެނބުރި އައުމުން، އޭނާއަށް ރަނގަޅަށް ކާންދީ އޭނާ އަރާމުކުރަން ބާއްވާށެވެ. އަރާމުކުރުމަށް ފަހު، އޭނާ ބަލާހިތްވާ ޓީ.ވީ. ޕުރޮގުރާމުތައް ބަލަންދާން އޭނާ ގާތު ބުނާށެވެ. އެ ވަގުތުގައި އެއްގޮތަކަށް ވެސް އޭނާއަށް އުނދަގޫ ނުކުރާށެވެ. ދެން އޭނާ ޓީ.ވީ. ބަލާ ނިމުމުން، އޭނާއަށް ރޭނގަޑު ކާންދީފައި ނިންދަވާށެވެ. އޭނާ އެދޭ އެއްވެސް ކަމަކަށް ފުރަގަސްނުދެއްޗެވެ. މިހެން ކަންތައް ކޮށްފި ނަމަ، ދެތިން ދުވަހުގެ ތެރޭގައި އޭނާ ރަނގަޅުވެދާނެއެވެ.

ދެން، އަންހެނުން ޑަކުޓަރު ކުރެން އެއްސެވެ. ތި ބުނުއްވި ފަދައިން ކަންތައް ނުކުރެވިއްޖެ ނަމަ ދެން ވާނީ ކިހިނެއްތޯއެވެ؟

ޖަވާބުގައި ޑަކުޓަރު ބުނުއްވިއެވެ. ހަމަސް ދުވަހުގެ ތެރޭގައި ފިރިމީހާ މަރުވެދާނެއެވެ.

ދެން އިތުރު އެއްޗެއް ނުބުނެ، އަންހެން މީހާ ގެއަށް ދިޔައެވެ. ގެއަށް ވަދެ، ފިރިމީހާ ކައިރިއަށް ޖެހިލުމުން، ފިރިމީހާ މޮޔަ ފާޑު ދައްކާލާފައި އަންހެނުން ކުރެން އެއްސެވެ. ޑަކުޓަރު ބުނުއްވީ ކީކޭ ހެއްޔެވެ؟

ޖަވާބުގައި އަންހެނުން ބުންޏެވެ. ހަ މަހެއްހާ ދުވަސް ފަހުން ފިރިކަލޭގެ މަރުވެދާނެއެވެ!

(ތަރުޖަމާއެއް، ކުޑަ ބަދަލަކާއެކު)