Support Us

މި އަހަރު ވެސް ބޭރު މީހުންނަށް ޙައްޖަށް ނުދެވޭގޮތް ހަދަނީ

މުޅި ދުނިޔޭގައި ފެތުރެމުންދާ ކޯވިޑް19 ގެ މިންވަރު އިތުރުވުމާއި އޭގެ އައު ވައްތަރުތައް ފާޅުވަމުންދާލެއް ގިނަކަމުން މި އަހަރު ވެސް ބޭރު މީހުންނަށް ޙައްޖުވުމަށް ސުޢޫދީ ޢަރަބިއްޔާއަށް ނުދެވޭ ގޮތް ހެދުމަށް ސުޢޫދީ ސަރުކާރުން ވިސްނަމުން އެބަދެއެވެ. ސުޢޫދީ ޢަރަބިއްޔާގެ ޚަބަރާ ބެހޭ ދެ މަޞްދަރަކުން ބުނާގޮތުގައި މިކަމާ ބެހޭގޮތުން ރިޔާޟުން އަދި ވަކި ގޮތެއް މުޅިން ކަނޑައެއްނާޅައެވެ.

ކޯވިޑް19ގެ ކުރިން ސުޢޫދީ ޢަރަބިއްޔާއަށް އަހަރަކު 2.5 މިލިއަން މީހުން ޙައްޖަށް ދެއެވެ. މިކަމުގެ ސަބަބުން 12 ހާސް މިލިއަން ޑޮލަރުގެ އާމްދަނީއެއް އެ ގައުމަށް ލިބެމުން ދިޔައެވެ.

ސުޢޫދީ ވަލީޢަހްދު މުޙައްމަދު ބިން ސަލްމާނުގެ އިޤްތިޞާދީ އިޞްލާޙީ އެޖެންޑާގެ ދަށުން އޭނާ ވަނީ 2020ށް ދާއިރު ޙައްޖުވެރީންގެ ޢަދަދު ފަސް މިލިއަނަށް އަދި ޢުމްރާވެރީންގެ ޢަދަދު 15 މިލިއަން އިތުރު ކުރައްވަން ހަމަޖައްސަވައިފައެވެ. އަދި 2030ށް ދާއިރު ޢުމްރާވެރީންގެ ޢަދަދު 30 މިލިއަނަށް އިތުރު ކުރެއްވުމަށް ވެސް ވަނީ ނިންމަވައިފައެވެ.

މި ދެ މަޞްދަރު ބުނާގޮތުގައި އެތެރޭގެ މީހުންގެ ތެރެއިން ވެސް ޙައްޖަށް ދިޔުމަށް ހުއްދަދެވޭނީ ޙައްޖުގެ ހަ މަސް ކުރިން ކޯވިޑް ޖެހި ފަސޭހަވެފައިވާ މީހުންނަށާއި ކޯވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށެވެ. މީގެ އިތުރަށް ޙައްޖަށް ދެވޭނީ ޞިއްޙަތު ސަލާމަތުން ތިބި ވަކި ޢުމްރެއްގެ ބަޔަކަށެވެ.

މިދިޔަ އަހަރު ސުޢޫދީ ޢަރަބިއްޔާއިން ޙައްޖަށް ދިޔުމަށް ހުއްދަދީފައި ވަނީ ސުޢޫދީ މީހުންނަށާއި ސުޢޫދީގައި އުޅޭ ބޭރު މީހުންގެ ތެރެއިން މަދު ބަޔަކަށެވެ.

ސުޢޫދީ ޢަރަބިއްޔާއިން މިހާރު ވަނީ ވިއްސަކަށް ޤައުމަކުން އެ ޤައުމަށް ދިއުން މަނާކޮށްފައެވެ. އޭގެތެރޭގައި އިމާރާތާއި ޖަރްމަނާއި އެމެރިކާއާއި އިނގިރޭސި ވިލާތާއި ދެކުނު އެފްރިކާއާއި ފަރަންސޭސިވިލާތާއި މިޞްރާއި ލުބްނާނާއި އިންޑިއާއާއި ޕާކިސްތާނު ވެއެވެ.

 

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
1
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *