Support Us

ޗާޗިހލްއަށް ނިސްބަތް ކުރެވޭ ވާހަކައެއް!

އިނގިރޭސި ކުރީގެ ބޮޑުވަޒީރު ވިންސްޓަން ޗާޗިހލް ގާތު ގައުމުތަކުގެ މީސްތަކުންނާ ބެހޭ ގޮތުން އޭނާގެ ރައުޔަކީ ކޮބައިތޯ ސުއާލުކުރެވުނުވެ. ދެން އޭނާ ބުންޏެވެ.

"އިނގިރޭސިން ނެތިއްޖިއްޔާ ސިޔާސަތުގެ ފަންނު މަރުވެހިނގައިދާނެއެވެ!"

"ޖަރުމަނު މީހުން ނެތިއްޖިއްޔާ ބާރު މަރުވެހިނގައިދާނެއެވެ!"

"އެމެރިކާ މީހުން ނެތިއްޖާ މުއްސަނދިކަން މަރުވެހިނގައިދާނެއެވެ!"

"ފަރަންސޭސިން ނެތިއްޖިއްޔާ ޛައުޤު (ރީތި ކަނޑައެޅުމުގެ ރަހަ) މަރުވެހިނގައިދާނެއެވެ!"

"އިޓަލީ މީހުން ނެތިއްޖިއްޔާ ދީން މަރުވެ ނެތިދާނެއެވެ."

އަރަބިން ނެތިއްޖިއްޔާ ޚިޔާނަތް މަރުވެ ނެތިދާނެއެވެ."

ދެން އިތުރު ބައެއް އެއްކުރެވުނެވެ. އަދި ބުނެވުނެވެ.

ދިވެހިން ނެތިއްޖިއްޔާ ގުނބޯ ހެދިދިޔުން ނެތި މަރުވެހިނގައިދާނެއެވެ!

ދެން، ދިވެހިންނާ ގުނބޯ ހެދުމާ ހުރީ ކޮން ގުޅުމެއްތޯ ޗާޗިހލްއާ ސުއާލުކުރެވުނެވެ. ޖަވާބުގައި ބުންޏެވެ. ކުރީ ސަރުކާރޭ ކިޔައި އަންނަ ކޮންމެ ސަރުކާރެއް ރައްޔިތިން ގުނބޯ ހައްދައި ކުރީ ސަރުކާރު ކުރާ ހުރިހާ ކަމެއް ކޮށްފައި ފިލައެވެ. ކުރީ ސަރުކާރޭ ބުނާއިރަށް އެމީހުން އެދިމާއަށް ބަލައިލާތަނުން، އެ ވަގުތު އޮންނަ ސަރުކާރެއް ޚަޒާނާ ހުސްކޮށް އެއް ތަމްސީލެއް ކުޅެމުންދާތާ ހަތްދިހަ އަހަރުވީ އިރުވެސް އެމީހުންގެ ގުނބޯ ހެދުމަކަށް ބަދަލެއް ނާދެއެވެ! ލީޑަރު ތަސްބީހަ ކިޔުމާއި މަހާނަމައްޗަށް މަޑިއަށް ޖެހުމުގައި އެމީހުން އަދިވެސް ތިބީއެވެ!"

ދެން އިލްމުވެރިޔަކު ވިދާޅުވިއެވެ. "އޭނައަށް ތިހެން ބުނެވޭނީ ކިހިނަކުން ހެއްޔެވެ؟ އޭނަ މާކުރީގައި ނިމި ހިނގައްޖެ ނޫންހެއްޔެވެ؟"

ޖަވާބުގައި އެހެން ބޭފުޅަކު ވިދާޅުވިއެވެ. "އާދޭހެވެ! އޭނައަކަށް އެހެން ނުބުނެވޭނެއެވެ. އެހެންވީމާ، އޭނަ ނުބުނާ ކަމަށް ވަންޏާ، ހަމަ ގައިމުވެސް، އެ ވާހަކަ އަކީ ތެދު ވާހަކައަކަށް ނުވާނެއެވެ!"

 

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry

One Response

  1. Ingireysin haamoya bayaku dhuniyeyn adhi nufeney. Faadehge raanee akaa hedhi enmen moyavefaa Shaahee Aailaa meehaku vihanviyas mulhi Qaumuge enmen ekamah husve thiben jehey Dhaukathuge Hazaanaa ehkoh kailiyas enmen Aiyjahaane

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *