Support Us

ފިރިމީހާގެ ހިތުގެ ގިލަން

އެއްދުވަހު ފިރިމީހާ ވަރަށް ދެރަވެފައި ގެއަށް އައެވެ. އަދި އަންހެނުން ފެނުމުން އަޑުނެތް ތަނަށް ރޯންފެށިއެވެ.

އަންހެނުން ވަރަށް ކަންބޮޑުވެ، ފިރިމީހާގެ ބުރިކަށި މަތީ ވަރަށް އޯގާތެރިކަމާއެކު މަޑުމަޑުން ފިރުމާލާފައި ބުންޏެވެ. އަނެއްކާ ކީއްވީ ހެއްޔެވެ؟ ވަޒީފާ ގެއްލުނީ ހެއްޔެވެ؟

ދެން، ގިސްލަމުން ގިސްލަމުން ފިރިމީހާ ބުންޏެވެ. ރަސްގެފާނުގެ އެންމެފަހުގެ އަމުރުފުޅުގެ ވާހަކަ އަޑުނާހަން ހެއްޔެވެ؟ ރަސްގެފާނުގެ އެންމެ ފަހުގެ އަމުރުފުޅަކީ ދެ އަނތްބަށް މީހާކާ ނީންނަ ފިރިހެނުން ގަތުލުކުރުމެވެ!

ދެން، ކުޑަކޮށް ފަހަތަށް ޖެހިލާފައި، ފިރިމީހާގެ މޫނަށް ބަލަހައްޓައިގެން ހުރެ، ވަރަށް ހަރުކަށި ރާގެއްގައި އަންހެނުން ބުންޏެވެ. "އިބައަށް އުފާވެރިކަން ހުއްޓެވެ. މާތްރަސްކަލާނގެ އިބައަށް ޝަހީދެއްގެ ދަރަޖަ ދެއްވައިފިއެވެ!"