Support Us

ވިޔަފާރިއާ ބެހޭ ފިލާވަޅެއް ސާފު ބަހުން އޮޅުންފިލުވައިދިނުން

ކިޔަވައިދިނުމުގައި ދިމާވާ އެންމެ ބޮޑު އެއް މައްސަލައަކީ އިސްތިލާހީ ލަފްޒުތަކާއި އިބާރާތްތައް، ޚާއްސަ މާނައެއް ދެވިފައިވާ ލަފްޒުތަކާއި އިބާރާތްތައް، ކުދިންނަށް ވިސްނޭ ގޮތެއްގައި ކިޔައިދިނުމެވެ. ތިރީގައި އެވަނީ ވިޔަފާރި ކިޔަވާ ކުދިންނަށް ބާޒާރަށް މުދާ ނެރުމާ ބެހޭ ބައެއް ޚާއްސަ ލަފްޒުތަކާއި އިބާރާތްތައް އުސްތާޒު ކުދިންނަށް އޮޅުންފިލުވައިދިން ގޮތުގެ ޚުލާސާއެކެވެ.

  1. މިސާލަކަށް، ޕާޓީއަކުން ރީތި އަންހެން ކުއްޖަކު ފެނިގެން ކަލޭ އޭނަ ކައިރިއަށް ގޮސް، ތިމަންނައަކީ ވަރަށް މުއްސަނދި ފިރިހެނެކޭ، ތިމަންނައާ އިންނާނަންހޭ؟ މިހެން ބުނުމުން އެއީ 'މުދާ ސީދާ ބާޒާރަށް ނެރުމެވެ. 'ޑިރެކްޓް މާކެޓިން’ގެ މިސާލެކެވެ.
  2. މިސާލަކަށް، ޕާޓީއަކަށް ގޮސް، ރީތި އަންހެން ކުއްޖަކު ފެނުމުން، ކަލޭގެ ރަހުމަތްތެރިޔާ ލައްވާ އެކުއްޖާ ކައިރިއަށް ފޮނުވާފައި، ރަހުމަތްތެރިޔާ ލައްވައި ތިމަންނާއަކީ ވަރަށް ވެސް މުއްސަނދި ފިރިހެނެކޭ ބުނެފިނަމަ، އެ ކުރެވެނީ އިޝްތިހާރެވެ. އެއީ އިޝތިހާރުކޮށްގެން (އެޑްވަޓައިސްކޮށްގެން) މުދާ ބާޒާރަށް ނެރުމެވެ.
  3. މިސާލަކަށް ޕާޓީން އަންހެން ކުއްޖަކަށް ކަލޭ ފެނި، ކަލެއަކީ ވަރަށް ވެސް މުއްސަނދި ފިރިހެނެއްކަން އޭނާއަށް ފާހަގަވެގެން އޭނާ އައިސް، ކަލޭގާތު އޭނައާ އިންނާނަންހޭ އެހުމުން އެއަށް ކިޔަނީ 'ބުރޭންޑު ފާހަގަވުމެވެ.' (ބްރޭންޑް ރެކޮގްނިޝަން)
  4. ދެން އެންމެ ފުރަތަމައިން ކަންތައް ކުރި ގޮތަށް ކަންތައް ކޮށް، ތިމަންނައާ އިންނާނަންހޭ އެހުމުން، ކަލޭގެ ކަންފަތް މަތީ އެކުއްޖާ ޖަހައިފި ނަމަ، އެއަށް ކިޔަނީ 'ކަސްޓަމަރުން ދެކޭ ގޮތް ބުނެދިނުމެވެ.' (ކަސްޓަމާ ފީޑްބެކް)
  5. އަނެއްކާ ވެސް ފުރަތަމަ މިސާލު ހިތަށް ގެންނާށެވެ. އެ ކުއްޖާ ކައިރިއަށް ޖެހިލައި ތިމަންނައާ އިންނާނަންހޭ އެހުމުން، އޭނާ އޭނާގެ ފިރިމީހާ ކަލެއަށް ތައާރުފުކޮށްދިނުމުން ސަޕްލައި އާއި ޑިމާންޑުގެ ދެމެދުގައި އޮތް ހުސްކަމުގެ މިންވަރު ފެނެއެވެ. (ސަޕްލައި އެންޑް ޑިމާންޑް ގެޕް)
  6. މިފަހަރުވެސް ފުރަތަމަ މިސާލު މަތިން ހަނދާންކޮށްލާށެވެ. ރީތި ކުއްޖަކު ފެނި އޭނަ ކައިރިއަށް ޖެހިލައި ތިމަންނައަކީ ވަރަށް ބޮޑު މުއްސަންޖެކޭ ނުބުނެވި އުޅެނިކޮށް ކަލޭގެ އަންހެނުން އެތަނަށް އަންނަ މަންޒަރު ދެން ހިތަށް ގެންނާށެވެ. މިހެންވުމުން، އެކަމަށް ކިޔަނީ އާ ބާޒާރުތަކަށް މުދާ ނެރުމުގައި އޮތް ހުރަސްތައް މިއެވެ. (ރެސްޓްރިކްޝަންސް ފްރޮމް އެންޓަރިން ނިޔު މާކެޓް.)