Support Us

ވައްކަމުގެ މައްސަލައެއްގެ ވާހަކަ: އަޅުގަނޑު ނެގީ ކުރުކުރު ވާބުރިއެކެވެ. ނަމަވެސް…

ވައްކަންކުރި ކަމުގެ ތުހުމަތުގައި މީހަކު ގާޒީ ކުރިމައްޗަށް ހާޒިރުކުރެވުނެވެ.

ގާޒީ: ކަލޭގެ މައްޗަށް ތުހުމަތުކުރެވެނީ ކޮން ކަމެއް ހެއްޔެވެ؟

ތުހުމަތު ކުރެވުނު މީހާ: ވައްކަމެވެ.

ގާޒީ: ކަލޭގެ މައްޗަށް ތުހުމަތުކުރެވެނީ ކޮން އެއްޗެއް ވަގަށް ނެގި ކަމަށް ހެއްޔެވެ؟

ތުހުމަތުކުރެވުނު މީހާ: ދާނި ދަނޑިއެއްގެ ދިގުމިން ވެސް ނެތް ކުރުކުރު ވާ ބުރިއެކެވެ.

ގާޒީ: ކަލޭ މި ކޯޓަށް ގެނެވުނީ ހަމަ ތިވަރުގެ ކުރުކުރު ވާ ބުރިއަކާ ހެދި ހެއްޔެވެ؟

ތުހުމަތު ކުރެވުނު މީހާ: އާދޭހެވެ! ނަމަވެސް، ދަންނަވަންތޯއެވެ……..؟

ގާޒީ: ބުނެބަލާށެވެ!

ތުހުމަތު ކުރެވުނު މީހާ: ބައްލަވާ އެ ވާބުރީގެ އަނެއް ކޮޅުގައި އައްސާފައި ފަލަ ގެރިއެއް އޮތެވެ! ވާބުރީގައި ގެރި އެއްސީ އަޅުގަނޑެއް ނޫނެވެ!

އާދެ، ބައެއް މުޖުތަމައުތަކުގެ ތެރޭގައި އާންމުވެފައި ވަނީ މިފަދަ ކުރުކުރު ވާބުރިބުރީގެ ވައްކަންތަކެވެ! ވާބުރީގެ އެއްކޮޅުގައި ބޮޑު ބޭފުޅަކު ހިއްޕަވައިގެން ހުންނަވާއިރު އަނެއްކޮޅުގައި ރިޝްވަތާއި ކޮމިޝަނާއި ކަޓުތަކާއި ސަޔާއި ހަދިޔާތައް ފަސާދައިގެ ކަންކަން އެއްސިފައި އޮންނަތަން ނުފެންނަ ވައްކަންތަކެވެ.