Support Us

ހަގީގަތެއް

ޗައިނާގެ ފަސް މީހުން އެއްވެއްޖެ ނަމަ ހިކުމަތުގެ ބަހެއް ބުނެއެވެ.

ޖަޕާނުގެ ފަސް މީހުން އެއްވެއްޖެ ނަމަ އާލަތެއް އުފައްދައެވެ.

އެމެރިކާގެ ފަސް މީހުން އެއްވެއްޖެ ނަމަ ފިލްމެއް އުފައްދައެވެ.

ފަރަންސޭސީންގެ ފަސް މީހުން އެއްވެއްޖެ ނަމަ، ފޮތެއް ލިޔެއެވެ.

އަރަބިންގެ (މުސްލިމުންގެ) ފަސް މީހުން އެއްވެއްޖެ ނަމަ:

  1. ދީނީ ފަސް ޖަމާއަތް އުފައްދައެވެ.
  2. ސިޔާސީ ފަސް ޕާޓީ އުފައްދައެވެ.
  3. ފަސް ގާނޫނެއް އުފައްދައެވެ.
  4. އަދި ކޮންމެ މީހަކު ވެސް އޭނާއަކީ ރައީސް ކަމަށް ދައުވާ ކުރެއެވެ.
  5. ދެން، މަޝްވަރާކުރުމުގެ އެއްވެސް ޖަލްސާއެއް ބޭއްވުމެއް ނެތި، އެއްބައިވުންތައް (އެލައިންސްތައް) އުފައްދައެވެ. ދެން، ދެބަސްވެ، އަރާރުންވާން ފަށައެވެ. ދެން އެއްބަޔަކު އަނެއް ބަޔަކު ފިތުނަ އުފައްދާ ކަމަށް ގޮވައި، އެއްބަޔަކު އަނެއް ބަޔަކު ކާފަރުންނަށް ހަދާލައެވެ. އެއަށް ފަހު، ހަތިޔާރު ގަނެ އެތެރެކުރެއެވެ. އަދި، ހަނގުރާމަ ވެސް ފަށައެވެ.

ދެން ދިވެހީންގެ ފަސް މީހުން އެއްވެއްޖެ ނަމަ….. (ކިޔުންތެރިން ފުރިހަމަކޮށްލުމަށް ދޫކޮށްލަމެވެ. މަތީގައިވާ އަރަބީންގެ ކަންކަމުން އެހީ ލިބިގަތަސް އެންމެ ރަނގަޅެވެ.)

(ތަރުޖަމާއެއް)