Support Us

ޔަހޫދީ ހާލުގެ ވާހަކައާއި އެކަމުން ލިބެން އޮތް ފިލާވަޅެއް

ބުނެވޭ ގޮތުގައި، ޔަހޫދީންގެ ރައްބާނީއަކު، ޝައިޚަކު، ޔަހޫދީން ދުނިޔޭގައި ވެރިކަންކުރާނޭ ބުނިކަމުގެ ދައުވާކުރިކަމުގެ ޚަބަރު ފަރަންސޭސީންގެ އިހުގެ ރަސްކަލަކު އެއްސެވިއެވެ. ދެން، ރަސްގެފާނު އެ ރައްބާނީ ގެންނެވިއެވެ. އަދި އޭނާއަށް ރަސްގެފާނު ވިދާޅުވިއެވެ. "ކަލޭމެންނަކީ ނިކަމެތި ބަލިކަށި ބައެއް ނޫން ހެއްޔެވެ؟ މީގެ އިތުރުން، ކަލޭމެންގެ ޖަމާއަތް އޮތީ އެތަން މިތަނަށް ވިއްސިވިހާލިވެ ބައިބައި ވެފައި ނޫންހެއްޔެވެ؟

ޖަވާބުގައި ރައްބާނީ ދެންނެވިއެވެ. މާތް ރަސްގެފާނު އެދިވަޑައިގެންފި ނަމަ، އެކަން އަޅުގަނޑު މަނިކުފާނު ކުރިފުޅުމަތީ ތަމްސީލުކޮށްދީފާނަމެވެ. ރަސްގެފާނުގެ އަމީރުންނާއި ވަޒީރުންގެ ހާތަށް، ހާތަށް ކޯޅުވުމުގެ މުބާރާތެއްގައި ބައިވެރިވުމަށް ގެނެސްދެއްވާށެވެ! އަޅުގަނޑު އަޅުގަނޑުގެ ހާ ގެންނާނަމެވެ. އަޅުގަނޑުގެ ހާ، އެހެން ހުރިހާ ހާލެއް ބަލިކޮށް، އެ ހާތަކުގެ މައްޗަށް ގަދަ ހޯދާނެއެވެ.

ރަސްގެފާނު ކުޑަކޮށް ހައިރާންފުޅުވެ ވަޑަައިގަތެވެ. ރައްބާނީ އެހާ ޔަގީންކަމާއެކު ވާހަކަ ދެއްކީމައެވެ. ކޮންމެއަކަސް، ރަސްގެފާނު ނިންމެވީ، ރައްބާނީ އެދުނު ގޮތަށް ކަންތައް ކުރެއްވުމަށެވެ. އަމީރުންނާއި ވަޒީރުންގެ ވަރުގަދަ ހާތަށް ގެނެސް ހާ ކޯޅުމުގެ މުބާރާތެއް ބޭއްވެވިއެވެ.

މުބާރަަތް ބޭއްވުމަށް ހަމަޖެހިފައި އޮތް ދުވަސް އައުމުން، އަމީރުންނާއި ވަޒީރުންގެ ވަރުގަދަ ހާތަށް ގެނެވުނެވެ. އަދި، ރައްބާނީގެ ހާ ވެސް އޭނާ ގެނައެވެ. އަމީރުންނާއި ވަޒީރުންގެ ހާތަކާ އަޅާ ބަލާއިރު، ރައްބާނީގެ ހާ ފެންނަނީ ވަރަށް ވެސް ނިކަމެތި ބަލިކަށި ހާލެއްގެ ގޮތުގައެވެ. އަދި ހާ ކޯޅޭ ބުރުގެ ކަނެއްގައި އިށީނދެ ރައްބާނީގެ ހާ އިނެވެ.

ހާ ކޯޅުމުގެ މުބާރާތް ފެށުނެވެ. އަމީރުންނާއި ވަޒީރުންގެ ހާތަށް ތަޅައި އެކެތި އަނެކެތި ތަޅާ މަރައި، އެންމެ ހާލަކަށް ވިއެވެ. ދެން، ކުއްލިއަކަށް ރައްބާނީގެ ހާ ނުކުތެވެ. އަދި، އެހެން އެއްޗިއްސާ ތަޅާ ފޮޅައި ވަރުބަލިވެފައި އިން އެންމެ ފަހުގެ ހާލަށް ހަމަލާދިނެވެ. އަދި ކުޑަ އިރުކޮޅެއްގެ ތެރޭގައި ރައްބާނީގެ ހާ އެއްކަލަ ހާގެ ދުވަސް ދުއްވާލިއެވެ.

ދެން، ރައްބާނީ، ރަސްގެފާނަށް ދެންނެވިއެވެ. އަޅުގަނޑުމެން ވެރިކަން ހޯދާނީ ކިހިނެއްކަން ފެނިވަޑައިގެންފި ނޫންތޯއެވެ؟

މިތަނުން މި ފެންނަނީ ސިޔާސީ ވެރިން ވެރިކަން ކުރާ ގޮތެވެ. ރައްޔިތުންގެ އެއްބަޔަކު އަނެއްބަޔަކާ ޖައްސައި، އެ ދެބައި ކޯޅުވައެވެ. އެ ކޯޅުމުގައި ޣާފިލުކޮށް ބައިތިއްބައި، ވެރިކަމަކީ އަމިއްލަ ފައިދާ ހޯދުމުގެ ވަސީލަތެެއް ކަމަށް ބަލައި ގައުމުގެ ޚައިރާތުތައް ނަގައެވެ. ރައްޔިތުން އެއްބަޔަކު އަނެއްބަޔަކާ ކޯޅި ތަޅާފޮލުމުގައި މަޝްއޫލުކޮށްލާފައެވެ!