Support Us

ޝާޒިއާ ބްރޭންޑްގެ ތިން ޕެކެޓު ހަނޑުލުގެ ވެރިފަރާތް ފުލުހުން ހޯދަނީ

ޝާޒިއާ ބްރޭންޑްގެ ތިން ޕެކެޓު ހަނޑޫ ހިމެނޭ ގޮތަށް، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމަށް ފުުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ އެ ތަކެއްޗަކީ ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަަމަށެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައިނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެތި

  • ފެބުރުވަރީ 16 ވަނަ ދުވަހު ދަރުމަވަންތަ ހޮސްޕިޓަލް ޕާކުތެރެއިން އާންމު ފަރާތަކުން ހޮވައިގެން ގެނެސް ފުލުހުންނާ ހަވާލުކޮށްފައިވާ ދަބަހެއް. (ދަބަސްތެރޭގައި: އެމްއައި ބްރޭންޑްގެ ޕަވަރ ބޭންކެއް، އައިފޯން ކޭބަލެއް، މަތިޖެހި ތައްޓެއް، ދެ ޖޫސް ޕެކެޓު) (އިންސިޑެންޓް ނަންބަރު 479295)
  • ފެބުރުވަރީ 17 ވަނަ ދުވަހު ރައިވެރި ހިނގުމުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ކަރަންޓު ނަރު ރޯލެއް. (އިންސިޑެންޓް ނަންބަރު 479405)
  • ފެބުރުވަރީ 19 ވަނަ ދުވަހު ފަރީދީ މަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ޝާޒިއާ ބްރޭންޑްގެ ތިން ޕެކެޓު ހަނޑޫ. (އިންސިޑެންޓް ނަންބަރު 479528)
  • ފެބުރުވަރީ 19 ވަނަ ދުވަހު ސޯސަންމަގު، އިބްރާހީމީ މިސްކިތް ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ދެ ކޭސް ކޮކާކޯލާ. (އިންސިޑެންޓް ނަންބަރު  479524)
  • ފެބުރުވަރީ 19 ވަނަ ދުވަހު ރަށްދެބައިމަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ދެ ކޭސް ބިސް. (އިންސިޑެންޓް ނަންބަރު 479520)

"މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *