މާލެ ސަރަހައްދުގައި މިއަދުން ފެށިގެން ހަވީރު 6:00 އިން ހެނދުނު 6:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށްފިއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިއަދު ނެރުއްވި އެންގެވުމެއްގައި ވަނީ މާލެއާއި ހުޅުމާލެއާއި ވިލިމާލެއާއި، ތިލަފުށްޓާއި ގުޅީފަޅާއި ހުޅުލޭގައި، ހަވީރު 6:00 އިން ފެށިގެން ހެނދުނު 6:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުން "މި ހިނދުން ފެށިގެން، ވަކިގޮތެއް އަންގަންދެން" މަނާކަމަށެވެ.



advertisment