Support Us

ބިލަބޮންގ އިންޓަނޭޝަނަލް ސްކޫލް - ފޮޓޯ: ބިލަބޮންގ

ބިލަބޮންގެ ޓީޗަރެއް ކޮވިޑް19 އަށް ޕޮޒިޓިވްވެ، މަތީ ގްރޭޑުތަކަށް ސްކޫލް ބަންދުކޮށްފި

ބިލަބޮންގ އިންޓަނޭޝަނަލް ސްކޫލްގެ ގްރޭޑް 8ގެ ޓީޗަރެއް ކޮވިޑް19 އަށް ޕޮޒިޓިވްވެގެން، ސެކަންޑްރީ ތިން ގްރޭޑުގެ ދަރިވަރުންނަށް މާދަމާ އިން ފެށިގެން ދެ ހަފުތާއަށް ސްކޫލް ބަންދުކޮށް، އޮންލައިންކޮށް ކިޔަވައިދޭން ނިންމައިފިއެވެ.

ގްރޭޑް 10،9،8ގެ ބެލެނިވެރިންނަށް ބިލަބޮންގ ސްކޫލްގެ މެނޭޖްމަންޓުން ފޮނުވާފައިވާ މެސެޖެއްގައި ވަނީ ދަރިވަރުގެ ޓީޗަރެއް ކޮވިޑް19 އަށް ޕޮޒިޓިވްވިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި މިދިޔަ އަންގާރަ ދުވަހުން ފެށިގެން އެ ޓީޗަރު ސްކޫލަށް ނުނުކުންނަ ކަމަށެވެ. އަދި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު އެ ޓީޗަރަށް ވައިރަސް ޖެހުނީ ސްކޫލްތެރެއިން ނޫން ކަމަށް ވެސް އެ މެސެޖްގައި ވެއެވެ.

ބިލަބޮންގ އިންޓަނޭޝަނަލް ސްކޫލްގެ ވައިސް ޕްރިންސިޕަލް އިސްމާއިލް ޝާނިމް މިރޭ "އަދިވެސް" އަށް ވިދާޅުވީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސެކަންޑްރީ ގްރޭޑްތަކުގެ ދަރިވަރުން ދެ ހަފުތާއަށް ސްކޫލަށް ނުނުކުތަސް، ގްރޭޑް 1ން 7ގެ ދަރިވަރުންނަށް ގަވައިދުން ސްކޫލް އޮންނާނެ ކަމަށެވެ.

"މިއީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ކުރި ކަމެއް. ދެ ހަފުތާ ވަންދެން އޮންލައިންކޮށް ކިޔަވައިފައި ދަރިވަރުން ދެން ސްކޫލަށް ނުކުންނާނީ ކޮވިޑް ޓެސްޓް ހެދުމަށްފަހު،" ޝާނިމް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *