Support Us

ވައްކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހެއްގެ އަތުން ފެނިފައިވާ ހަތް ދަޅު ރެޑްބުލްގެ ވެރިފަރާތް ފުލުހުން ހޯދަނީ

ވައްކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ މީހެއްގެ އަތުން ފެނިފައިވާ ހަތް ދަޅު ރެޑްބުލް ހިމެނޭ ގޮތަށް، އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމަށް ފުލުހުން އިއުލާންކޮށްފިއެވެ.

ފުލުހުން ބުނީ މި ތަކެއްޗަކީ މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައިނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި ކަމަށް ވެސް ފުލުހުންގެ ވެބްސައިޓުގައި ވެއެވެ.

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެތި:

  • ޖަނަވަރީ 25 ވަނަ ދުވަހު ކާނޭޝަންމަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ގޭސް ފުޅިއެއް. (އިންސިޑެންޓް ނަންބަރު 477016)
  • ޖަނަވަރީ 26 ވަނަ ދުވަހު ބޮޑުތަކުރުފާނު މަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ގަސް ޕޮޓެއް. (އިންސިޑެންޓް ނަންބަރު 477181)
  • ޖަނަވަރީ 28 ވަނަ ދުވަހު އޯކިޑުމަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ 20 ފޫޓުގެ ދަގަނޑު ތިން ހޮޅި. (އިންސިޑެންޓް ނަންބަރު 477367)
  • ޖަނަވަރީ 30 ވަނަ ދުވަހު ދަތުރުވެރިންގެ މާރުކޭޓު ކައިރިން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ކަޅުކުލައިގެ ފޮއްޓަކާއި އެ ފޮށީގައި އޮތް ނުވަ ލެޑްލައިޓް، ދެ ގަޑި، ދެ ރެންޗް، ސްކޭނަރއެއް، އިސްތިރިއެއް، މާކަރީ ލައިޓެއް. (އިންސިޑެންޓް ނަންބަރު 477584)
  • ޖަނަވަރީ 30 ވަނަ ދުވަހު އަބަދަށްފެހި މަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ހަތް ދަޅު ރެޑްބުލް. (އިންސިޑެންޓް ނަންބަރު 477567)
  • ޖަނަވަރީ 31 ވަނަ ދުވަހު، ހެންވޭރުގައި ހުރި ފަޅު ގޯއްޗެއްގެ ތެރެއިން ފެނިފައިވާ ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ބައިސްކަލެއް. (އިންސިޑެންޓް ނަންބަރު 477690)
  • ފެބްރުވަރީ 1 ވަނަ ދުވަހު މަޖީދީ މަގުން ވައްކަމުގެ ތުހުމަތުގައި ފުލުހުންގެ ދަށަށް ގެެެނެސްފައިވާ މީހެއްގެ އަތުން ފެނިފައިވާ ޝޭމްޕޫ ފުޅިއަކާއި، ޝަވަރޖެލް ފުޅިއަކާއި، ސެންޓު ފުޅިއެއް. (އިންސިޑެންޓް ނަންބަރު 477848)
  • ފެބްރުވަރީ 1 ވަނަ ދުވަހު، މާފަންނު ދިންމަނަގެ ކައިރީގައި ޕާކުކޮށްފައިހުރި ސައިކަލަކުން ފެނިފައިވާ ނޮކިޔާ ބްރޭންޑްގެ މޯބައިލް ފޯނެއް. (އިންސިޑެންޓް ނަންބަރު 477856)

"މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ ނަންބަރު 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ." ފުލުހުންގެ ވެބްސައިޓުގައި ވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *