Support Us

ސްޓެލްކޯ ޕްރޮޖެކްޓުތަަކަށް ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާނެ ދިވެހިން ހޯދަނީ 

ސްޓެލްކޯއިން ހިންގާ އެކި ޕްރޮޖެކްޓުތަަކުގައި ކޮންޓްރެކްޓް އުސޫލުން މަސައްކަތްކުރާނެ ދިވެހިން ބޭނުންވެގެން ހުޅުވާލައިފިއެވެ.

"މި ކުންފުނީގެ ފަރާތުން ހިންގާ އެކިއެކި މަޝްރޫޢުތަކުގައި މަސައްކަތްތައް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް ކޮންޓްރެކްޓް އުޞޫލުން މިނިވަން މަސައްކަތްތެރިން ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު ހުޅުވާލަމެވެ." ސަރުކާރުގެ ގެޒެޓްގައިވާ ސްޓެލްކޯގެ އިއުލާނެއްގައި ވެއެވެ.

މިނިވަން މަސައްކަތްތެރިން ކުރުމަށް ހަމަޖެހިފައި ވަނީ ސްޓެލްކޯގެ ފަރާތުން ހިންގާ އެކިއެކި މަޝްރޫޢުތަކުގެ ކުރަންޖެހޭ މަސައްކަތްތަކާއި ކަރަންޓުގެ ޚިދުމަތް ދިނުމަށްޓަކައި ކަރަންޓު ކޭބަލް ވަޅުލުމާއި އެނޫންވެސް އެފަދަ މަސައްކަތްތަކާއި ގުޅުންހުރި އެހެނިހެން މަސައްކަތްތަކެވެ.

އިއުލާނުގައި ވާ ގޮތުން މުސާރަ އާއި އެހެނިހެން އެލެވަންސްގެ ގޮތުގައި މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް 100ރ. އާއި 250ރ. އާ ދެމެދުގެ ދުވަހު އެލެވަންސްއެއް ލިބޭނެ ކަމަށާއި މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް ކޮއްތުފައިސާގެ ގޮތުގައި 175ރ. ލިބޭނެ ކަމަށް ވެސް އިއުލާނުގައި ވެއެވެ.

މިނިވަން މަސައްކަތްތެރިންގެ ފެންވަރު ނުވަތަ ޝަރުތެއްގެ ގޮތުގައި ވަނީ އަސާސީ ތަޢުލީމް ފެންވަރު ހުރުން، އުމުރުން 18 އަހަރާއި 45 އަހަރާއި ދެމެދުގެ ފަރާތެއް ކަމުގައިވުން އަދި މިމަޤާމުގެ މަސްޢޫލިއްޔަތު އަދާކުރެވޭ ސިއްޙަތުގެ ގޮތުން އެކަށީގެންވުން، އަދި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ ފަރާތެއް ކަމުގައިވުމެވެ.

މި މަޤާމަށް އެދޭ ފަރާތްތަކުން، ފޯމު ފުރިހަމަކުރުމަށްފަހު، ސްޓެލްކޯގެ ރިސެޕްޝަނަށް 31 ޖަނަވަރީ 2021 ވަނަ ދުވަހުގެ ތިނެއް ޖެހުމުގެ ކުރިން ހުށަހެޅުމަށް އެ ކުންފުނިން އެދެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *