Support Us

ރަސްދޫއާ ވާދަކޮށް ދެ މެޗު ވެސް ބޮޑުފޮޅުދޫ އަށް

އާ އަހަރުގެ ކުޅިވަރު ހަރަކާތްތައް ފެށުމުގެ ގޮތުން އއ. ބޮޑުފޮޅުދޫ އާރުބީޖީ ސްޕޯޓްސް ކުލަބުން އަވަށްޓެރި ރަސްދޫއަށް ޒިޔާރަތްކޮށް ކުޅުނު ވޮލީ ދެ މެޗު ވެސް ބޮޑުފޮޅުދޫ ޓީމު ކާމިޔާބުކޮށްފިއެވެ.

ރަސްދޫ ވޮލީކޯޓްގައި، އާރުބީޖީ ސްޕޯޓްސް ކުލަބުގެ އަންހެން ވޮލީޓީމާއި ރަސްދޫ އަންހެން ޓީމް މިދިޔަ ހޯމަ ދުވަހު ހަވީރު ބައްދަލުކުރި މެޗް ސީދާ ތިން ސެޓުން ކާމިޔާބުކުރީ އާރުބީޖީ ސްޕޯޓްސް ކުލަބުންނެވެ.

ރަސްދޫ ޓީމާ ދެކޮޅަށް އެރޭ ކުޅުނު ފިރިހެން ވޮލީ މެޗު ވެސް ސީދާ ތިން ސެޓުން ކާމިޔާބުކުރީ އާރުބީޖީ ސްޕޯޓްސް ކުލަބުންނެވެ.

މި މެޗަށްފަހު އާރުބީޖީ ސްޕޯޓްސްގެ ރައީސް އިބްރާހިމް ނަސީމް ވިދާޅުވީ މިއީ މި ކުލަބުގެ ކުރިއެރުން ކަމަށާއި "އއ. އަތޮޅުގައި ވޮލީގެ އެއްވަނައިގައި އަބަދުވެސް ބޮޑުފޮޅުދޫ ހިފަހައްޓާލުމަކީ މި ކުލަބުގެ އަޒުމެއް" ކަމަށެވެ.

"އަތޮޅު ފެންވަރުގައި ކުޅިވަރު ތަރައްޤީކޮށް ކުރިއެރުވުމަށް މި އަތޮޅުގެ ރަށްތަކަށާއި ކުލަބު ޖަމިއްޔާތަކަށް ފުރަސަތުތައް ފަހިކޮށްދީ ކުލަބު ޖަމިއްޔާތަކަށް ބޭނުންވާ ބައެއް ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އަތޮޅު ކައުންސިލުން އިސްކަމެއްދޭންޖެހޭ. އަދި އަތޮޅު ފެންވަރުގެ ކުޅިވަރު މުބާރާތްތައް އަތޮޅު ކައުންސިލުން އިންތިޒާމްކޮށް ކުރިއަށް ގެންދާނެ ކަމަށް އުންމީދުކުރަން،" ނަސީމް ވިދާޅުވިއެވެ.

އާރުބީޖީ ސްޕޯޓްސް ކުލަބުން ރަސްދޫއަށް ކުރި ދަތުރުގައި ރަސްދޫން އަދާކުރި ފުރިހަމަ މެހެމާންދާރީއަށާއި އިންތިޒާމްތަކަށް އެ ކުލަބުގެ ފަރާތުން ރަސްދޫގެ އަންހެން އަދި ފިރިހެން ވޮލީޓީމަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރާ ކަމަށް ވެސް ނަސީމު ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
111
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *