މާފަންނު ގެއެެއްގެ ސިޑިގޮޅިތެރޭގައި ބަހައްޓާފައި ހުރި އޭސީ އިންޑޯ ޔުނިޓަކާއި އައުޓްޑޯ ޔުނިޓެއް ވަގަށް ނަގައިގެން، ދެ މީހަކު ހޯދަން ފުލުހުން ވީޑިއޯ އާންމުކޮށްފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ވީޑިއޯ އިން ފެންނަނީ ދެ މީހަކު ގޮސް، އޭ.ސީ ޔުނިޓް ގެއަކުން ނެރެގެން ބޯމަތީގައި ބާއްވައިގެން ދާ މަންޒަރެވެ. އެ ތަނުން އެކަކުގެ ބުރަކަށީގައި ދަބަހެއް އަޅުވާފައި ހުއްޓެވެ.
"ވީމާ މި ދެ މީހުންނާބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9631696 އަށް ގުޅުއްވައި މި މައްސަލައިގެ އިންސިޑެންޓް ނަންބަރު ވިދާޅުވެ، އެ މައުލޫމާތެއް ހިއްސާކުރެއްވުން އެދެމެވެ. މި މައްސަލައިގެ އިންސިޓެންޑް ނަންބަރަކީ 475407 އެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.



advertisment