ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަޑުމަޑުން މައްޗަށް އަރަމުން ގޮސް މިއަދު 145 މީހުން ޕޮޒިޓިވްވެއްޖެއެވެ.
ކޮވިޑް19 އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ދެ އަކުރުގައި ގިނަ ދުވަސްތަކެއް ވަންދެން އޮތުމަށްފަހު އަދަދުތައް 100 އިން މައްޗަށް އަރަންފެށީ ފާއިތުވި ދެތިން ދުވަހެއް ތެރޭގައެވެ. މިގޮތުން މި މަހުގެ 24 ގައި 108 އަދި 25 ގައި 109 މީހުން ވަނީ ޕޮޒިޓިވްވެފައެވެ.

އެންމެފަހުގެ ތަފާސްހިސާބަށް ބަލާއިރު ރާއްޖޭގައި މިހާތަނަށް 15،247 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. މިހާރު ވެސް ފަރުވާކުރަމުންދާ 1،273 މީހުން ތިބިއިރު 93 މީހަކަށް ފަރުވާ ދެނީ ހޮސްޕިޓަލުގައެވެ. ކޮވިޑް ޖެހުނު 13،916 މީހަކު ވަނީ ރަނގަޅުވެފައެވެ. ރާއްޖޭގައި ކޮވިޑްގައި މިހާތަނަށް މަރުވި މީހުންގެ އަދަދަކީ 51 އެވެ.



advertisment