Support Us

ބްރިގޭޑިއަރ ޖެނެރަލް ރޭންކު ޢަބްދުﷲ ޒުހުރީ އަށް ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން ދެއްވަނީ- ފޮޓޯ: ރައީސް އޮފީސް

ބްރިގޭޑިއަރ ޖެނެރަލް ރޭންކަށް ހަތަރު އޮފިސަރެއް

އެމް.އެން.ޑީ.އެފްގެ ކާނަލް ރޭންކުގައި ތިއްބެވި ހަތަރު އޮފިސަރަކު ބްރިގޭޑިއަރ ޖެނެރަލް ރޭންކަށް މަޤާމުގެ ކުރިއެރުން ދީފިއެވެ.

ބްރިގޭޑިއަރ ޖެނެރަލް ރޭންކު ޢަބްދުލް މަތީން އަޙްމަދަށް ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން ދެއްވަނީ- ފޮޓޯ: ރައީސް އޮފީސް

ސިފައިންނަށް މަޤާމުގެ ކުރިއެރުން ދިނުމަށް މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި މުޙައްމަދު ޝަރީފާއި އިސްމާޢީލް ޝަރީފާއި ޢަބްދުﷲ ޒުހުރީ އަދި ޢަބްދުލް މަތީން އަޙްމަދަށް ބްރިގޭޑިއަރ ޖެނެރަލް މަޤާމު ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. އަދި މި ހަތަރު އޮފިސަރުންނަށް މަޤާމުގެ ކުރިއެރުން ދެއްވިކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޑިފެންސް މިނިސްޓަރ މާރިއާ އަޙްމަދު ދީދީއެވެ.

ބްރިގޭޑިއަރ ޖެނެރަލް ރޭންކު މުޙައްމަދު ޝަރީފަށް ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން ދެއްވަނީ- ފޮޓޯ: ރައީސް އޮފީސް

މިއަދުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، ޑިފެންސް މިނިސްޓަރ އަލްއުސްތާޛާ މާރިއާ އަޙްމަދު ދީދީ ވާހަކަފުޅު ދެއްކެވިއެވެ. ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަފުޅު ދެއްކެވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ.

ބްރިގޭޑިއަރ ޖެނެރަލް ރޭންކު އިސްމާޢީލް ޝަރީފަށް ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން ދެއްވަނީ- ފޮޓޯ: ރައީސް އޮފީސް

މިއަދުގެ ރަސްމިއްޔާތުގައި ސިފައިންގެ ޖެނެރަލް އޮފިސަރުންނާއި، ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *