މަބްރޫކް މި މަޤާމަށް ޢައްޔަންކުރައްވާފައި ވަނީ 2021 ޖަނަވަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ. މިބަދަލާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ފަރާތުން ޚަބަރާއި މަޢުލޫމާތު ހޯދުމަށް ގުޅުއްވަންޖެހޭ ފަރާތަކީ މަބްރޫކް ޢަޒީޒެވެ.

މަބްރޫކް ކުރިން ހުންނެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަނޑަރ ސެކްރެޓަރީގެ މަޤާމުގައެވެ.

ކޮވިޑްގެ ބަލިމަޑުކަން ފެތުރިގެން އައި ދުވަސްކޮޅު މަބްރޫކ ްވަނީ ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ސްޕޯކްސްޕަރސަންގެ މަޤާމު ވެސް އަދާކުރައްވައިފައެވެ.