ލ. އިސްދޫ ގެއަކުން ވަގަށް ނަގައިފައިވާ 54،000ރ. ހޯދައި އެ ވައްކަމުގައި ތުހުމަތުކުރެވޭ ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ 26 އަހަރުގެ އެ މީހާ ހައްޔަރުކޮށްފައި ވަނީ އިސްދޫ ގެއަކުން 54،000ރ. ވަގަށް ނަގައިފައިވާ ކަމަށް ޑިސެންބަރު މަހުގެ 27 ވަނަ ދުވަހުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ކަމަށާއި، ޖެހިގެން އައި ދުވަހު އެ ފައިސާތައް ފެނުނީ އެ މީހާ ދިރިއުޅެމުންދާ ގެ ބަލައިފާސްކުރިއިރު އެ ގެއިން ކަމަށެވެ.
ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ލ. ކަލައިދޫ ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ދީފައި ކަމަށާއި މި މައްސަލަ އިސްދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.



advertisment