ފުލުހުން ހިންގި ދެ އޮޕަރޭޝަނެއްގައި ބަނގުރާ ފުޅިތަކަކާއި ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކެއް ހޯދައި ބިދޭސީއަކު ހައްޔަރުކޮށްފިއެވެ.
މިގޮތުން ރޭ މާލޭގެ މަގުމަތިން ދުއްވާފައި ދިޔަ ޓެކްސީއެއް ހުއްޓުވައި ބަލައިފާސްކުރިއިރު އެ ޓެކްސީގެ ޑިކީގެ ތެރެއިން ބަނގުރާ ކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެއް ހުރި 12 ފުޅި ފެނިފައިވާ ކަމަށާއި މި މައްސަލައާ ގުޅިގެން 27 އަހަރުގެ ބިދޭސީއެއް ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އަދި މި ޑިސެމްބަރ މަހުގެ 22 އަދި 23 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންތަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހެންވޭރު ގެއެއް ބަލައި ފާސްކޮށް ބަނގުރާ ކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެއް ހުރި 13 ފުޅިއާއި 173 ބިޔަރު ދަޅު ހޯދައިފައިވާ ކަމަށާއި ނަމަވެސް އެ މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެއެވެ.
މި ދެ މައްސަލަ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން ދަނީ ތަހުގީގު ކުރަމުންނެވެ.



advertisment