ފުލުހުން މިއަދު ހިންގި އޮޕަރޭޝަނެއްގައި ކާރެއްގެ ތެރެއިން ހޯދި ހަތަރު ބަސްތާ ޑްރަގުގެ އަގު 71 މިލިއަން ރުފިޔާއަށް އަރާނެ ކަމުގައި ކޮމިޝަނަރ އޮފް ޕޮލިސް (ސީޕީ) މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ސީޕީ ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުން އަތުލައިގެން ކާރުގައި އޮތް ހަތަރު ބަސްތާގައި 71 ކިލޯގްރާމުގެ ހެރޮއިން ހުރި ކަމަށެވެ. އޭގެ ތެރެއިން ހަތަރު ޕެކެޓެއްގެ ފޮޓޯ އާއި އެ ކާރުގެ ފޮޓޯ ވެސް ސީޕީގެ ޓްވީޓުގައި ވަނީ ހިމަނައިފައެވެ.
Seized approximately 71 kgs of heroin that would have a street value of MVR 71 million. Here is a photo of 4 packets out of 71 we found in 4 bags in the car. Despite deficiencies in the criminal justice system, we will continue to disrupt the trafficking of narcotic drugs. pic.twitter.com/HpoBR3V1RV
— Mohamed Hameed (@M_Hameedh) December 8, 2020
ޑްރަގުގެ ނެޓްވޯކު އަތުލައިގަތުމަށް މިއަދު މި އޮޕަރޭޝަން ހިންގީ ފަރީދީމަގުގެ ބައެއް ބަންދުކޮށްގެނެވެ. ކަނޑުމަގުން ރާއްޖެއަށް ސްމަގުލްކޮށްފައިވާ މި ޑްރަގުތައް އަތުލައިގަތުމަށް މެރިން ޕޮލިސް އާއި ޑްރަގް އިންޓެލިޖެންސް ޔުނިޓުން ކަނޑާއި އެއްގަމުގައި ހަރަކާތްތެރިވާތާ ހަފުތާއަކަށްވުރެ ގިނަ ދުވަސްވެފައިވާ ކަމަށް ވެސް ސީޕީގެ އެހެން ޓްވީޓެއްގައި ވިދާޅުވިއެވެ. މި އޮޕަރޭޝަންގައި މިހާތަނަށް 10 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.
trafficking activity, seize the drugs and arrest the individuals who belong to the trafficking network. Have arrested 10 persons since morning and searched multiple locations We will be revealing more information once forensics work is completed.
— Mohamed Hameed (@M_Hameedh) December 8, 2020



advertisment