ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ)ގެ ކުރީގެ ރައީސް ޔޫސުފް މާނިއުއަށް ނޭޝަނަލް ޑިމޮކްރެޓިކް ކޮންގްރެސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.
އިލެކްޝަންސުން ބުނީ ނޭޝަނަލް ޑިމޮކްރެޓިކް ކޮންގްރެސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ ގ.އަތަ، ޔޫސުފް މާނިއުއަށް މިއަދު އެ ކޮމިޝަނުން ދީފައިވާ ކަމަށެވެ.
ފުލުހުންނާ ގުޅުން ހުރި މައްސަލަތައް ބެލުމަށް 2015 ވަނަ އަހަރު އުފެއްދި އެންއައިސީ ކޮމިޝަންގެ ރައީސް ކަމުގެ މަގާމުން މާނިއު ވަކިކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ.
މާނިއު އެ މާގާމުން ވަކުކޮށްފައިވަނީ ފުލުހުންނާ ގުޅޭ ތަހުގީގުތައް ކުރިއަށް ގެންދިއުމުގައި ފުލުހުންގެ އިސްވެރިންގެ ނުފޫޒު ފޯރަމުން ގެންދާ ކަމަށާއި އެހެންނަމަވެސް އެނާއަށް އެކޮމިޝަންގެ ރައީސްގެ ހައިސިއްޔަތުން ލިބިދީފައިވާ ބާރުގެ ބޭނުން ކޮށްގެން ނަމަވެސް ތަހުގީގުތައް ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު ދެއްވާފައި ވަނިކޮށެވެ. އޭނާ އެމަގާމުން ވަކިކޮށް އެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ސިޓީއަކުން އަންގަވާފަ އެވެ.
މާނިއު ވަނީ ކަސްޓަމްސް އިންޓަގްރިޓީ ކޮމިޝަންގެ ރައީސްކަން ވެސް ކުރައްވާފައެވެ.



advertisment