Support Us

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލަ:

20 އަހަރުގެ ޖަލު ހުކުމަށްފަހު ވެސް އަދީބު ހުންނެވީ ގޭގައި

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު 20 އަހަރަށް ޖަލަށް ލައި ދެ މިލިއަން ރުފިޔާ އިން ޖޫރިމަނާކުރަން ކްރިމިނަލް ކޯޓުން ރޭ ހުކުމްކުރި ނަމަވެސް އަދިވެސް އަދީބު ހުންނެވީ ގޭގައެވެ.

އަދީބުގެ މައްޗަށް ތުހުމަތު ކުރެވިފައިވާ މައްސަލަތައް ނިމެންދެން ޖަލުގައި ބަހައްޓަން ކޯޓުން ހުކުމް ކުރި ނަމަވެސް، ހުކުމް އިއްވުމުގެ ކުރިން ވެސް، ބަލި ހާލަތު ހުރި ގޮތުން ކަމަށް ބުނެ އަދީބު ވަނީ ގެއަށް ބަދަލުކޮށްފައެވެ. އަދީބު ގެއަށް ބަދަލުކުރީ ކިހާ މުއްދަތަކަށް ކަމެއް ކުރިން ވެސް ކަރެކްޝަންސުން ބުނެފައެއްނުވެއެވެ.

"ބަލިހާލަތު ހުރި ގޮތުން މި ވަގުތު ހުރީ ގޭގައި،" ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވިއެވެ.

އެމްއެމްޕީއާރްސީގެ 1.2 ބިލިއަނަށް ވުރެ ގިނަ ރުފިޔާ އަށް ޚިޔާނާތްތެރިވުމުގެ މައްސަލައިގައި ދައުލަތުން އަދީބުގެ މައްޗަށް އުފުލި ހަތް ދައުވާ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ސަރުކާރުގައި 17 ނޮވެމްބަރު 2013 އިން 22 ޖުލައި 2015 އަށް ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވިއިރު، އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ބައިވެރިވުމުގެ ދެ ދައުވާއަކާއި މަނީ ލޯންޑްރިންގެ ދެ ދައުވާއަކާއި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއަކާއި މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު މަންފާއެއް ހޯދައިދިނުމުގެ ދެ ދައުވާއެކެވެ.

އަދީބުގެ މައްޗަށް އުފުލި ދައުވާތަކަށް ޕްރޮސެކިއުޓަރ ޖެނެރަލް އާއި އަދީބާ އެކު ވެފައިވާ އިއުތިރާފުގެ އެއްބަސްވުމުގެ ދަށުން އޭނާގެ މައްޗަށް އިއްވާފައިވަނީ ވަރަށް ލުއި ހުކުމްތަކެކެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
2
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *