މާލެ ސަރަހައްދުގައި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާ ގަޑި، ކުރިއެކޭ ވެސް އެއްގޮތަށް ރޭގަނޑު 10:00 އިން ފެށިގެން ފަތިހު 5:00 އަށް ބަދަލުކޮށްފިއެވެ.
ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ރޭ ދަންވަރު ނެރުއްވި އިއުލާނެއްގައިވާ ގޮތުން ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި އަޅަންޖެހޭ ޚާއްޞަ ފިޔަވަޅުތައް އެޅުމަށް މަގުފަހިކުރުމުގެ ގޮތުން، މާލެއާއި، ހުޅުމާލެ އާއި، ވިލިމާލޭގައި ރޭގަނޑު 8:00 އިން ފެށިގެން ފަތިހު 5:00 އަށް، އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކުރުމަށް 24 އޮގަސްޓުގައި އެންގި ވަގުތު، މިއަދުން ފެށިގެން ވަނީ ރޭގަނޑު 10 އިން ފެށިގެން ފަތިހު 5 އަށް ބަދަލުކޮށްފައެވެ.



advertisment