ސައޫދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ޔަމަންގެ ހޫތީން ދިން ހަމަލާތައް މިސްރުން މިއަދު ކުށްވެރިކޮށްފިއެވެ.
ސައޫދީގެ އަބްހާ އަދި ރަސްގެފާނު ހާލިދު ބައިނަލްއަގުވާމީ ވައިގެ ބަނދަރުތަކަށް، އީރާނުން ވާގިވެރިވާ ހޫތީން ދިން ހަމަލާތަކުގައި އާންމުންގެ ތިން މީހުން މަރުވެ، 36 މީހުން ޒަހަމްވިއެވެ.
"އަނިޔާވި މިސްރުގެ ރައްޔިތުންގެ ހާލަތު އަހަރެމެން ބަލަމުން މި ދަނީ. އެ ކަން ސައޫދީގެ ވެރިރަށް ރިޔާޒްގައި ހުންނަ އަހަރެމެންގެ އެމްބަސީ މެދުވެރިކޮށް ސައޫދީގެ ރަސްމީ އިދާރާތަކާއެކު މި ދަނީ ވިލަރެސްކުރަމުން،" މިސްރުގެ ހާރިޖިއްޔާއިން ބުންޏެވެ.
އަބްހާގައި ހުންނަ އަބްހާ އިންޓަނޭޝަނަލް އެއާޕޯޓާއި ވެރިރަށް ރިޔާޒްގައި ހުންނަ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ހޫތީން ހަމަލާދީފައިވަނީ ވަކި ހަމަލާތަކެއްގައި އަންގާރަ ދުވަހާއި އިއްޔެއެވެ.
މިސްރުގެ ހާރިޖީ ވުޒާރާއިން ބުނީ މި ހަމަލާތަކަކީ ސައޫދީގެ ސަލާމަތްތެރިކަމާއި ހަމަޖެހުމަށް ހުރި ނުރައްކަލެއްކަމަށާއި މިއީ "މުޅި ސަރަހައްދުގެ ސަލާމަތްތެރިކަމާއި ހަމަޖެހުން ނަގައިލުން"ކަމަށެވެ.
ސައޫދީއާއެކު ސާބިތުވެ އޮތްކަން ހާމަކޮށް، ހަމަލާތައް ހުއްޓައިލުމަށާއި ބައިނަލްއަގުވާމީ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި ދައުލަތްތަކުގެ ސިޔާދަތާއި އިސްތިގުލާލު ރައްކާތެރިކުރުމަށް އިހްތިރާމްކުރުމަށް އެ ވުޒާރާއިން ގޮވައިލިއެވެ.



advertisment