Support Us

މި ދިޔަ މަހު 19 ގައި ހޫތީން ދިން ހަމަލާއެއްގައި ސައޫދީގެ ރަސްގެފާނު ހާލިދު އެއާޕޯޓުން ދުން އަރަނީ

ސައޫދީގެ އެއާޕޯޓްތަކަށް ހޫތީން ދިން ހަމަލާތައް މިސްރުން ކުށްވެރިކޮށްފި

ސައޫދީ އަރަބިއްޔާގެ ދެ އެއާޕޯޓަކަށް ޔަމަންގެ ހޫތީން ދިން ހަމަލާތައް މިސްރުން މިއަދު ކުށްވެރިކޮށްފިއެވެ.

ސައޫދީގެ އަބްހާ އަދި ރަސްގެފާނު ހާލިދު ބައިނަލްއަގުވާމީ ވައިގެ ބަނދަރުތަކަށް، އީރާނުން ވާގިވެރިވާ ހޫތީން ދިން ހަމަލާތަކުގައި އާންމުންގެ ތިން މީހުން މަރުވެ، 36 މީހުން ޒަހަމްވިއެވެ.

"އަނިޔާވި މިސްރުގެ ރައްޔިތުންގެ ހާލަތު އަހަރެމެން ބަލަމުން މި ދަނީ. އެ ކަން ސައޫދީގެ ވެރިރަށް ރިޔާޒްގައި ހުންނަ އަހަރެމެންގެ އެމްބަސީ މެދުވެރިކޮށް ސައޫދީގެ ރަސްމީ އިދާރާތަކާއެކު މި ދަނީ ވިލަރެސްކުރަމުން،" މިސްރުގެ ހާރިޖިއްޔާއިން ބުންޏެވެ.

އަބްހާގައި ހުންނަ އަބްހާ އިންޓަނޭޝަނަލް އެއާޕޯޓާއި ވެރިރަށް ރިޔާޒްގައި ހުންނަ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ހޫތީން ހަމަލާދީފައިވަނީ ވަކި ހަމަލާތަކެއްގައި އަންގާރަ ދުވަހާއި އިއްޔެއެވެ.

މިސްރުގެ ހާރިޖީ ވުޒާރާއިން ބުނީ މި ހަމަލާތަކަކީ ސައޫދީގެ ސަލާމަތްތެރިކަމާއި ހަމަޖެހުމަށް ހުރި ނުރައްކަލެއްކަމަށާއި މިއީ "މުޅި ސަރަހައްދުގެ ސަލާމަތްތެރިކަމާއި ހަމަޖެހުން ނަގައިލުން"ކަމަށެވެ.

ސައޫދީއާއެކު ސާބިތުވެ އޮތްކަން ހާމަކޮށް، ހަމަލާތައް ހުއްޓައިލުމަށާއި ބައިނަލްއަގުވާމީ ގާނޫނުތަކަށް ހުރުމަތްތެރިކޮށް ހިތުމަށާއި ދައުލަތްތަކުގެ ސިޔާދަތާއި އިސްތިގުލާލު ރައްކާތެރިކުރުމަށް އިހްތިރާމްކުރުމަށް އެ ވުޒާރާއިން ގޮވައިލިއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *