Support Us

ކޮލަމް ދިނަށަ: މިފަދަ ބެނާ ފަދަ ތަކެތި އާންމު ކުރުމުގެ ކުރީގައި…

ރަސްމީ އިދާރާތަކުން ލިޔެ އާންމުކުރާ މިފަދަ ބެނާ ފަދަ ތަކެތި އާންމު ކުރުމުގެ ކުރީގައި ލިޔެފައިވާ ޖުމުލައިގެ ދޭހައިގެ މައްޗަށް ފިކުރުހިންގައި ވިސްނައިލުމަކީ، އެ ޖުމުލައަކު ދޭ މެސެޖު އޭގެ އަސްލާ އެއްގޮތް ކުރެވިދާނޭ ސަބަބެކެވެ.

ސިޓީކައުންސިލްގެ މި ބެނާގައި ލިޔެފައި އެވަނީ "ނުވަ ޤަރުނުގެ އީމާންކަން، އުމުރު ދުވަހުގެ އެއްބައިވަންތަކަން" މިފަދައިންނެވެ. އެކަމަކު އެއީ، އީމާންކަމާއި އިސްލާންކަމުގެ ދެ ރަމްޒެއް ނޫނެވެ.

އީމަންކަމާއި އިސްލާންކަމަކީ، ބައެއްގެ "އެއްބައެއްވަންތަކަން" އެކަމެއްގައި އެކުލެވޭ ދެކަމެވެ. އެކަމަކު އެއްބައެއްވަންތަ ކަންތައްތަކެއް އެކަމަކުން ބަޔަކަށް ލިބިފައި ވިޔަސް އެފަދަ ބައެއްގެ މެދުގައި "އެއްބައިވަންތަކަން" އޮންނަ ކަމަކަށް އެދެކަން ނުވާނެއެވެ.

އެއްބައެއްވަންތަކަމަކީ، އެކަމަކާ ގުޅިގެން ބައެއްގެ ކިބައިގައި އެތައްކަމެއް ނުވަތަ ކަންތައްތަކެއް އެއްގޮތަށް އެކުލެވިގެންވުމެވެ.

މިސާލެއް ލިޔާނަމަ: އިސްލާން ކަމުގައި މުޅި އުއްމަތުގެ އެންމެންގެ ކިބައިގައިވެސް އެއްބައެއް ވަންތަކަމުގެ ގިނަ ކަންތައްތަކެއް އެކުލެވިގެން ވެއެވެ.

އެއީ:

1- ﷲ އީ ކަލާނގެކަން ގަބޫލުކުރުން.

2- މުޙައްމަދުގެފާނަކީ ރަސޫލާކަމަށް ގަބޫލުކުރުން.

3- ގެފުޅަކީ، ޤިބުލަކަމަށް ގަބޫލުކުރުން.

4- ފަރުޟު ފަސްނަމާދު ވާޖިބުކުރެެއްވިކަމާއި، އެނަމާދުތަކުގެ ވަގުތުތަކާއި ރަކްޢަތްތަކުގެ ޢަދަދު ގަބޫލުކުރުމުގައެވެ.

5- ރަމަޟާން މަހު ރޯދަހިފުން ފަރުޟުކުރެއްވިކަން ގަބޫލުކުރުމުގައެވެ.

މިފަދައިން ބައެއްގެ މެދުގައި އެކަމެއްގެ ސަބަބުން އެއްގޮތް ކަންތައްތަކެއް ހުންނަ ހުރުމަކީ، އެއްބައެއް ވަންތަކަމުގެ ރަމްޒުތަކެވެ.

އެކަމަކު އެފަދަ ކަންތައްތަކަކުން ނުވަތަ ސިފަތަކަކުން އެއްބައެއްވަންތަކަން ލިބިގެންވާ ބައެއްގެ ކިބައިގައި އެއްބައިވަންތަކަން ނޯވެއެވެ.

ދެވަނަ މިސާލެއް ލިޔާނަމަ: އަހުރެމެން ދިވެހީންނަކީވެސް އެތައް ކަމެއްގައި އެއްވަންތަކަން ލިބުމުގެ ނަސީބު ލިބިގެންވާ ބައެކެވެ.

އެއީ:

1- ނަސްލީގޮތުން ދިވެހީން ކަމުގައިވާކަން.

2- އެއްބަހެއްގެ އަހުލުވެރީންނަށްވާކަން.

3- އެއްދީނެއްގެ އަހުލުވެރީންނަށްވާކަން މިފަދަ އެތައްކަމެއް އެންމެންގެ ކިބައިގައި އެއްގޮތަށް ހުންނަ ކަންތައްތަކަކީ، ނުވަތަ ސިފަތަކަކީ، ހުސް އެއްބައެއްވަންތަކަމުގެ ސިފަތަކެވެ.

އެކަމަކު، ސިޔާސީ ނަޒަރުން ބަލާއިރު އަހުރެމެންގެ މެދުގައި އެއްބައިވަންތަކަން ނެތެވެ. ދެކޮޅުވެރިކަން ނުވަތަ ބައިބައިވުން އޮތީ އިންތިހާ ދަރަޖަޔަށް ގޮސްފައެވެ.

އެފަފައިން އިސްލަމީ އުއްމަތުގެ ދޭދޭ ގައުތަކުގެ މެދުގައްޔާއި ގައުމުތަކުގެ ދާޚިލީ އިމުގެ ތެރޭގައި ހުރި ސިޔާސީ، މަޒުހަބީ، ތަފާތުތަކަކަކީ، އެއްބައިވަންތަކަން ނެތްކަން އަންގައިދޭ ކަންތައްތައްކަން ވަންހަނާއެއް ނުވެއެވެ.

އެހެންވީމާ، އެއްބައެއްވަންތަކަމާއި އެއްބައިވަންތަކަމަކީ ވަރަށް ތަފާތު ދެކަމަކަށް ކިޔާ ދެ ނަންއިތުރުގެ ޢިބާރާތްކަން ވަންހަނާއެއް ނުވެއެވެ.

މިލިޔުން ކިޔާލުމުން
Like
Like Love Haha Wow Sad Angry
ގުޅުންހުރި ލިޔުންތައް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *