އެސްޓީއޯއިން ގަންނަ ފުށް ފީވެ، ފަނިއަޅައި ހަލާކުވެފައި ހުންނަކަމުގެ ޝަކުވާތަކެއް ގިނަ ބަޔަކު ކުރަން ފަށައިފިއެވެ.
ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ގެންދަނީ މިކަމާ ކަންބޮޑުވުންތައް ފާޅުކޮށް، ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް މިކަން ގެންނަމުންނެވެ. އޭގެތެރެއިން އަހުމަދު ބިން ނަސީރު ބުނިގޮތުގައި މި މައްސަލަތައް ކުރިމަތިވަމުންދާތާ ދޮޅު މަހެއްހާ ދުވަސްވެފައިވާއިރު ކޮވިޑް19ގެ މި ދަތި ދުވަސްކޮޅެއްގައި މިފަދަ މިގޮތަށް ކަންތައްތައް ދިމާވުމުން އިތުރު ކަންބޮޑުވުންތަކާ ކުރިމަތިލާން ވަނީ ޖެހިފަ އެވެ.
"މިހާރަކަށް އައިސް އެސްޓީއޯއިން ވިއްކާ ފުށުގައި ފަނި އަޅާފައި ހުރުމާއި ކުލަ ތަފާތުކަން ފަހަގަކުރެވޭ. މިގޮތަށް ހުންނަ ހުންނަ ފުށް ގަންނަން ލިބޭތާ ދޮޅުމަހެއްހާ ދުވަސްވެއްޖެ. މިއީ ވަރަށް ދެރަ ކަމެއް. މިއީ ކިހިނެއްވާ ކަމެއްތޯ ބަލައިދިނުމަށް ވަރަށް އާދޭހާ އެކު އެދެން. އަމުދުން މިފަދަ ބަލިމަޑުކަމެއް އުޅޭ ދުވަސްވަރެއްގައި މިހެން ކަންކަންވުން އެއީ އިތުރު ކަންބޮޑުވުމެއް ކަމުގައި ދަންނަވަން،" ފަނި ހުރި ފުށުގެ ފޮޓޯތަކާއެކު އެސްޓީއޯ އާއި އެޗްޕީއޭގެ ސަމާލުކަމަށް މިކަން ގެނެސް ނަސީރު ފޭސްބުކްގައި ލިޔެފައިވެއެވެ.
މީގެ އިތުރުން ފުށުގައި ފަނިތައް ދުވާ ވީޑިއޯއާއެކު ޓްވީޓުކޮށްފައިވާ މީހަކު ބުނީ އޭނާ ގަތް ދެ ބަސްތާ ފުށުގައި ވެސް ފަނިއަޅައި ހަލާކުވެފައިވާ ކަމަށެވެ.
"މިއީ ފުށް ފުރޭނީމާ މީގައި ހުރި ހުސް ފުޅަ. ދެ ބަސްތާ އަދި ކެނޑީ. ދެބަސްތާގައި ވެސް މިއީ ހުރި ހާލަކީ. ހުރިހާ އެއްޗެއް އަނބުރާ ފޮނުވާލަނީމި،" އޭނާ ބުންޏެވެ.
STO in vikkaa fushugai fani alhaafa. 2 basthaa beynun nukurevunu. Mee varah dheravaru kameh. Fuh huree feevefa. Ganduvefa. pic.twitter.com/j4oZCFFqOv
— fisaarithedhu (@fisaarithedhu) September 26, 2020
ބައެއް ކަންމަތީ ފިހާރަތަކުން ވެސް ބުނާ ގޮތުގައި ފުށް ގަނޑުވެ، ފީރަހަ ލައި، ފަނިއަޅައިފައި ހުންނަ ކަމުގެ ޝަކުވާ ވަރަށް ގިނައިން ދަނީ ލިބެމުންނެވެ.
މީގެ ކުޑަ ދުވަސްކޮޅެއް ކުރިން މީހަކު އެސްޓީއޯ އިން ގަތް ގިނަ އަދަދެއްގެ ކާޑުގެ ބާވަތްތަކުގެ ތެރެއިން ފުށް ބަސްތާތަކެއް މިގޮތަށް ހަލާކުވެފައި ހުރެގެން އެމީހާ އަށް ދިމާވި ދަތިދަކުގެ ވާހަކަ އެމީހާ ވަނީ "އަދިވެސް" އާ ހިއްސާކޮށްފައެވެ.
STO in vikkaa fushugai fani alhaafa. 2 basthaa beynun nukurevunu. Mee varah dheravaru kameh. Fuh huree feevefa. Ganduvefa. pic.twitter.com/mgOWw3kP7B
— fisaarithedhu (@fisaarithedhu) September 26, 2020
ރިސޯޓް ސަޕްލައިކުރުގެ މަސައްކަތް ކުރަމުން އަންނަ އެ މީހާ، ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް ބުނިގޮތުގައި، ރިސޯޓަކަށް ފޮނުވަން ވެގެން އޭނާ އެސްޓީއޯއިން އެބުރުގައި 50 ބަސްތާ ހަނޑުލާއި 20 ބަސްތާ ފުށް އަދި ފަސް ބަސްތާ ހަކުރު ގަތެވެ. އޭނާ ގަތް ފުށްބަސްތާތައް ފީވެ ހަލާކުވެފައިވާކަން އެނގުނީ ގޭގައި ބޭނުންކުރަން ވެގެން ދެ ބަސްތާ ކަނޑާލުމުންނެވެ. އަދި އޭނާ ރިސޯޓަށް ފޮނުވި ބަސްތާތައް ވެސް ހުރީ އެގޮތަށްތޯ ބެލުމަށް އެމީހުންނަށް ގުޅައިގެން ރެންޑަމްކޮށް ކަނޑައި ބެލިއިރު ކެނޑި ތިން ބަސްތާ ވެސް ހުރީ ފަނިއަޅައި ހަލާކުވެފައި ކަމަށް އޭނާ ބުންޏެވެ.
"ރިސޯޓަށް ގުޅާފައި ބެލިއިރު އެމީހުންނަށް ފޮނުވި ބަސްތާތަކުގެ ތެރެއިން ތިން ބަސްތާ ކަނޑައި ބެލިއިރު ހުރީ ފަނިއަޅާފައި. ދެން އެމީހުން ކައިރީގައި ބުނެފިން އިތުރު ބަސްތާތައް ނުކަނޑާ ބަހައްޓާށޭ،" އެ މީހާ އޭރު ކިޔައިދިނެވެ.
އެ މީހާ ބުނިގޮތުގައި އޭނާ އެސްޓީއޯއިން ކާޑުގެ ބާވަތްތައް ގެނެގެން ސަޕްލައިކުރުމުގެ މަސައްކަތް ކުރަމުން އަންނަތާ މީހާރު ދެ އަހަރު ވެއްޖެއެވެ. ނަމަވެސް މިއީ މިފަދަ ގޮތަކަށް ކަންތައް ދިމާވި ފުރަތަމަ ފަހަރެވެ.
އެސްޓީއޯ އިން ފަހުން ވަނީ އެ ބަސްތާތައް ނެގުމަށް ފަހު އެމީހާއަށް އާ ފުށްބަސްތާތައް ހަވާލުވެސް ކޮށްފަ އެވެ. ނަމަވެސް އެމީހާ ބުނީ އޭނާ އެތަކެތި ގަނެގެން ރިސޯޓަށް ފޮނުވުމަށް ވެސް އަތުން ދެބުރަށް ހަރަދުކުރަން ޖެހުމުގެ އިތުރުން އެމީހާގެ ވަގުތުތައް ވެސް ބޭކާރުވެގެންދިޔަ ކަމަށެވެ.
އެސްޓީއޯއިން އޭރު ބުނީ އެފަދަ ޝަކުވާއެއް އެ ކުންފުންޏަށް ރަސްމީކޮށް ހުށަހަޅައިފައިނުވާ ކަމަށާއި އެގޮތަށް ބަސްތާތަކެއް ހަލާކުވެފައި ހުރުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި އެފަދަ ބަސްތާއެއްގެ މައްސަލަ ކުރިމަތިވެއްޖެ ނަމަ ގުދަނަށް ގެންދިއުމުން ބަދަލުކޮށްދޭނެ ކަމަށާއި އެއީ އެކަން އޮންނަ އުސޫލް ކަމަށެވެ. ނަމަވެސް އެސްޓީއޯއަށް އެނގިގެން ހަލާކުވެފައި ހުރި ސްޓޮކެއް ނެތް ކަމަށާއި އެސްޓީއޯއަށް ގެންނަ ކާޑުގެ ބާވަތްތަކަކީ ބޭރުން އެތެރެކުރާ އެއްޗަކަށް ވާއިރު އެފަދަ މައްސަލައެއް ވެސް ކުރިމަތިވުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.



advertisment
One Response
fuh gudhan fenboduvi vaahaka eheemennun